ދުނިޔެ

އީރާންގެ ރޫހާނީ ލީޑަރާ ގުޅުން ހުރި ޓްވީޓާ އެކައުންޓެއް ބަންދުކޮށްފި

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ބޭނުން ކުރައްވާ ކަމަށް ބުނެވޭ ޓްވީޓާ އެކައުންޓެއް ޓްވީޓާ މެނޭޖްމަންޓުން އަބަދަށް ބަންދު ކޮށްފި އެވެ.

އެކައުންޓް ބަންދުކުރި ސަބަބެއް ކަމަށް ޓްވީޓާއިން ބުނީ މީހުން މެރުމަށް ގޮވާލައި ޓްވީޓް ކޮށްފައި ވާތީ ކަމަށެވެ.

ޓްވީޓާއިން ބަންދުކުރީ އެކައުންޓަކީ އާޔަތުﷲ އަލީ ޚާމަނާއީ ބޭނުން ކުރައްވާ އެކައުންޓެއް ކަމަށް ބުނި ނަމަވެސް އޭނާ އާންމުކޮށް ބޭނުން ކުރައްވާ އެއްވެސް އެކައުންޓެއް ބަންދުކޮށްފަ އެވެ. ނުވެ އެވެ.

ބަންދުކުރި ކަމަށް ބުނާ އެކައުންޓްގެ ނަމަކީ އާޔަތުﷲ އަލީ ޚާމަނާއީއަށް ނިސްބަތްވާ އީރާން ޑޮމެއިން ވެބްސައިޓަކަށް ކިޔާ ނަމެކެވެ. އެހެންކަމުން ބަންދުކުރި އެކައުންޓާ އަލީ ޚާމަނާއީއާ އޮތީ ކޮން ގުޅުމެއް ކަމެއް ނޭނގެ އެވެ.

ޓްވީޓާއިން އާޔަތުﷲ އަލީ ޚާމަނާއީއަށް ނިސްބަތްވާ އެކައުންޓް ބަންދުކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޑްރަމްޕަށް ހަމަލާދީ އަވަހާރަ ކޮށްލާނެ ގޮތުގެ އެނިވޭޓެޑް ވީޑިއޯއެއް ޓްވީޓް ކުރުމާ ގުޅިގެންނެވެ.

އީރާންގެ ޖެނެރަލް ގާސިމް ސުލައިމާނީ، ޖެނުއަރީ 3، 2020 ގައި އަވަހާރަކޮށް ލުމުގައި ބައިވެރިވި ކަމަށް ބުނާ މީހުންނަށް ބަދަލުހިފަން އީރާން އޮތީ ވައުދުވެފަ އެވެ.

އީރާނުން ޓްވީޓްކުރި ޕޯސްޓްގައި ފެންނަނީ ޓްރަމްޕާ ވަރަށް ވައްތަރު މީހަކު ގޮލްފް ކުޅެން ހުއްޓަ އެވެ. އީރާންގެ ޖާސޫސުން ޓްރަމްޕްގެ ގޯލްފް ދަނޑަށް ވަދެ ސެޓެލައިޓުން ކޮންޓްރޯލްކުރާ ޑްރޯނަކުން އެމީހަކަށް ހަމަލާދޭތަން ފެނެ އެވެ. އަދި ވަކި ލިޔުންކޮޅެއް ގޮތުގައި "ބަދަލުހިފާނެކަން ކަށަވަރު" ކަމަށް ބުނެ އެވެ.