ސައިކަލް ގަންނަ ޒުވާނުންނަށް ހާއްސަ ޑިސްކައުންޓަކާއެކު ލިޓަސްއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ތަފާތު ގޮތަކަށް ޕްރޮމޯޝަން ބާއްވާ ލިޓަސްއިން މިފަހަރު ފެށި "ޕިކް ޔުއާ ރައިޑް" ޕްރޮމޯޝަން އޮގަސްޓް ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން އުމުރުން 18-25 އަހަރާ ދެމެދުގެ ޒުވާނުންނަށް 4،000ރ. ގެ ޑިސްކައުންޓެއް ދޭނެ އެވެ. އަދި އުމުރުން 26-35 އަހަރާއި ދެމެދުގެ ޒުވާނުންނަށް 3،500ރ. އަދި 36 އަހަރުން މަތީގެ މީހުންނަށް 2،500ރ. ގެ ޑިސްކައުންޓެއް ދޭނެ އެވެ.
ލިޓަސްއިން ވަނީ ނިމިގެން ދިޔަ ރޯދަ މަހުވެސް ތަފާތު ގިނަ ޕްރޮމޯޝަނެއް ތަކެއް ބާއްވާފަ އެވެ. ލިޓަސްއިން ޒުވާނުން އެންމެ ބޭނުންވާ ސައިކަލްތަކުގެ އިތުރުން ތަފާތު އެކި ބްރޭންޑުތަކުގެ އިލެކްޓްރޯނިކް ސާމާނުވެސް ވިއްކަ އެވެ.