ވިޔަފާރި

ލިޓަސް އިން "ލެޓްސް ކުކް" ކެމްޕެއިން ފަށައިފި

Jul 18, 2018

ލިޓަސް އިން "ލެޓްސް ކުކް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަން ކެމްޕޭނެއް ފަށައިފި އެވެ.

ލިޓަސް އިން އަލަށް ފެށި މި ކެމްޕޭންގެ ދަށުން ލިޓަސްއިން 1،500 ރުފިޔާ އަށް ވުރެ މަދު މަދުނޫން އެއްޗެއް ގަނެ، އެންމެ ފުރަތަމަ ކައްކާ ކާނާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ލިޓަސް އިން ދޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން، ވިޔަފާރި ކުރުމުން ކާނާ ތައްޔާރު ކުރެވިދާނެ ރެސިޕީ ތަކެއް ލިޓަސްއިން ދައްކާނެ އެވެ. އަދި އެ ތައްޔާރު ކުރާ އެއްޗަށް ބޭނުންވާ ހުރިހާ ސާމާނެއް ގެއަށް ފޯރުކޮށްދޭނެ އެވެ.

ލިޓަސް އިން ދަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތަކެތި ދިވެހިންނަށް ފޯރުކޮށްދެމުންނެވެ. މިގޮތުން ދިވެހިންނާ ހަމައަށް ގެނެސްދީފައިވާ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި "ބެކޯ" އާއި މެލޭޝިއާގެ "ޕެނަސޮނިކްސް" ހިމެނެ އެވެ.

ރާއްޖޭގެ އެންމެ ތަފާތުކޮށް، ޕްރޮމޯޝަންތައް ހިންގާ ލިޓަސްއިން ވަނީ ނިމިގެން ދިޔަ ރޯދަ މަހުވެސް ތަފާތު ގިނަ ޕްރޮމޯޝަނެއް ގެންގޮސްފަ އެވެ.