ވިޔަފާރި

ބްރިޖު ހުޅުވުމާއެކު ލިޓަސްއިން ސައިކަލްގެ އަގު ހެޔޮކޮށް، ޕްރޮމޯޝަނެއް

Aug 31, 2018

ސިނަމާލެ ބްރިޖް ހުޅުވުމާ ދިމާކޮށް، ލިޓަސްއިން ވިއްކާ ސައިކަލްތަކަށް ތިން ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައި، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ލިޓަސްއިން ބުނީ "ބްރިޖް އޮފާ" ގެ ނަމުގައި ލިޓަސް މާލޭގެ ފިހާރަ އިން ފެށި މި ޕްރޮމޯޝަން ބޭއްވުމުގެ މަގުސަދަކީ ސައިކަލް ގަންނަ މީހުންނަށް ހާއްސަ އަގުތަކެއް ދިނުމެވެ.

ރާއްޖޭގައި ސައިކަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ކުންފުނިން ދަނީ ޒުވާނުން ބޭނުންވާގެ އެކި ބްރޭންޑުތަކުގެ ސްޓައިލް ސައިކަލްތައް ފޯރުކޮށްދެމުންނެވެ.

ލިޓަސްއިން ދަނީ ސައިކަލްގެ ހާއްސަ ޕްރޮމޯޝަންތަކެއް ހިންގަމުންނެވެ. އެ ކުންފުނިން އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ "ޕިކް ޔުއާ ރައިޑް" ޕްރޮމޯޝަން އެވެ.