ވިޔަފާރި

މިދިޔަ ކްއާޓަރުގައި ދިރާގުގެ ސާފު ފައިދާ 215 މިލިއަން ރުފިޔާއަށް

Aug 1, 2018

ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގަ) އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 215 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 694.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ހިންގުމުގެ ހަރަދުގެ ގޮތުގައި އެ ކުންފުންޏަށް 349 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކާފަ އެވެ. އަދި މި ކުއާޓަރުގައި ހިއްސާގެ ފައިދާގެ ގޮތުގައި ޖެހިފައިވަނީ 2.84ރ. އެވެ.

ދިރާގުން ބުނީ މި ކުއާޓަރުގައި އެ ކުންފުންޏަށް މައިގަނޑު ގޮތެއްގައި ސާފު ފައިދާ އިތުރުވީ މޮބައިލް ޑޭޓާ އާއި ގޭގެއަށް ދޭ "ފައިބާ ޓު ހޯމް" އިންޓަނެޓު އަދި އެންޓަޕްރައިސް ހިދުމަތުން ކަމަށެވެ.