ބޮލީވުޑް

"ހެލިކޮޕްޓަރް އީލާ" ޓްރެއިލާ: ކާޖޮލް ތަފާތު ރޯލަކުން!

25%
75%
0%

މަޝްހޫރު އެކްޓްރެސް ކާޖޮލް ދޭވްގަން އޭނާގެ 44 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އިއްޔެ ދޫކޮށްލީ އޭނާގެ ކުރިއަށް އޮތް ފިލްމު "ހެލިކޮޕްޓަރު އީލާ" ގެ ޓްރެއިލާ އެވެ. ޕްރަދީބް ސަރްކާރް ޑައިރެކްޓުކުރި މި ފިލްމުގެ ޓްރެއިލާއަށް މިހާރު ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

މި ފިލްމުގައި ކާޖޮލް ކުޅެނީ އެކަނިވެރި މަންމައެއް ރޯލެވެ. އޭނާއަކީ ލަވަކިޔުމަށްވެސް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. ކާޖޮލްއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ ގައުމީ އެވޯޑު ހޯދާފައިވާ އެކްޓަރު ރިދީ ސެން އެެވެ. ރިދީ މި ފިލްމުގައި ކުޅެނީ ކާޖޮލްގެ ދަރިފުޅު ރޯލެވެ. ހާއްސަ ރޯލަކުން މި ފިލްމުގައި ނޭހާ ދުޕިއާވެސް ފެނިގެންދާނެ އެވެ.

ޓްރެއިލާގައި ފެނިގެންދާ ކާޖޮލް އާއި ރިދީގެ މަންޒަރުތަކުން ގިނަ ބަޔަކަށް ހެއްވާލިއިރު ފުން އަސަރުތަކެއްވެސް ކުރުވި އެވެ. ކާޖޮލްއަކީ އޭނާގެ ދަރިފުޅަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އޭނާ ދެކުނު ހުރިހާ ހުވަފެންތަކެއް ގުރުބާންކޮށްގެން އުޅެމުންދާ މީހެކެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަނެއްކާވެސް މަސައްކަތްކުރުމަށް އޭނާއަށް ހިތްވަރުދެނީ ދަރިފުޅެވެ.

"ހެލިކޮޕްޓަރް އީލަ" ގެ މަންޒަރެއްގައި ކާޖޮލް ދޭވްގަން އާއި ރިދީ ސެން --

ކާޖޮލްގެ އާ ފިލްމެއްގެ އިންތިޒާރުގައި ފޭނުން ތިއްބާ އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން މި ފިލްމު އިއުލާނުކުރީ މިދިޔަ މަހު އެވެ. މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހު ހަތެއްގަ އެވެ. އެންމެފަހުން ބޮލީވުޑްގެ ފިލްމަކުން ކާޖޮލް ފެނިގެންދިޔައީ 2015 ވަނަ އަހަރު އެވެ. އެއީ ޝާހްރުކް ޚާންގެ ފިލްމު "ދިލްވާލޭ" އިންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345