ވިޔަފާރި

ދިރާގު ޗެއާޕާސަންސް އެވޯޑު މިރުޝާނަށް

Aug 6, 2018
1

ދިރާގުގެ މުވައްޒަފުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ " ޗެއަޕާސަންސް އެވޯޑް" ކުންފުނީގެ ސީނިއަ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން އަށް ލިބިއްޖެ އެވެ.

ދިރާގުން މުވައްޒަފުންނަށް ބާއްވާ އެންމެ ހާއްސަ އެއް ހަފުލާ ކަމަށްވާ "ދިރާގު އެނުއަލް އެވޯޑް 2017" މިދިޔަ ހުކުރު ދުވަހުގެ ރޭ ކްލަބް ފަރު ގައި ބާއްވައިފި އެވެ. މިއީ ދިރާގުން މި ހަފުލާ ވިދިވިދިގެން ބޭއްވި 29 ވަނަ އަހަރެވެ. މި އެވޯޑް ހަފްލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި، މުވައްޒަފުން ކުންފުންޏަށް ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބުދިނުމެވެ.

މި އެވޯޑު ދިނުމުގެ ހަފުލާގައި މި ހަފްލާގައި އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިން ލީޑާ އެވޯޑް، ޑިވިޝަންލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެ އެވެ. އަދި މި އަހަރުގެ ހަފުލާފައި ފާހަގަ ކޮށްލެވުނު އެންމެ ހާއްސަ އެއްކަމަކީ މިއަހަރުގެ އެވޯޑްގެ ޓްރޮފީ ޑިޒައިނެއެވެ. ދިރާގުން ވަނީ މިއަހަރު ބޭއްވި އެވޯޑް ހަފުލާގައި މުވައްޒަފުންނަށް ދިން އެވޯޑްތައް އައު ބްރޭންޑިންގ އާއި އެއްގޮތަށް ފަރުމާކޮށްފައި އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުން ކަމަށެވެ. މިގޮތުން މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމަށެވެ. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ކަމެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ.600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ. މި އަހަރަކީ ދިރާގަށް ފަހުރުވެރި 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެގޮތް މަގުފަހި ކުރަން ދިރާގުން ދަނީ ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.