ހަބަރު

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ރިޒާ އައްޔަންކޮށްފި

Aug 6, 2018

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަގާމަށް ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އައްޔަން ކުރައްވައިފި އެވެ. އިބްރާހިމް ރިޒާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި މީގެކުރިން ހުންނެވީ މުހައްމަދު ފައިސަލެވެ. ފައިސަލަކީ ރައިސުލްޖުމްހޫރިއްޔާގެ ފަރާތުން އެ ކޮމިޝަނަށް އައްޔަންކޮށްފައި ހުންނެވި މެންބަރެވެ.

ފައިސަލް ޖޭއެސްސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ އެ މަގާމުގައި ހުންނަވަނިކޮށް އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމުމާ ގުޅިގެންނެވެ. މިހާރު އޭނާ ވަނީ ފަނޑިޔާރު ކަމުގެ ހުވާ ވެސް ކުރައްވާފަ އެވެ.

ފައިސަލްގެ ބަދަލުގައި އެ މަގާމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ މުހައްމަދު ސަލީމް (ރޭނީސް ސަލީމް) އައްޔަން ކުރައްވާފަ އެވެ.