ވިޔަފާރި

ދިރާގުން ގެލެކްސީ ނޯޓް 9ގެ ޕްރީ އޯޑަރު ނަގަން ފަށައިފި

Aug 16, 2018

ދިރާގުން ސެމްސަންގް ކުންފުނިން އެންމެ ފަހުން ނެރެފައިވާ ފޯނު ގެލެކްސީ 9، ގެ ޕްރީއޯޑަރު ނަގަން ފަށައިފި އެވެ.

ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިންސްޓޯލްމަންޓާއި އެއްކޮށް އެއް ފަހަރާ ފައިސާ ދެއްކުމަށްފަހު ވެސް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ދިރާގުން ނޯޓް 9 ގެ ފޯނު ނަގާ ފަރާތްތަކަށް ދޮޅު އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ.

ސެމްސަަންގްގެ އެންމެ ފަހުގެ ފޯނުގައި 128 ޖީބީ އާއި 512 ޖީބީގެ ފޯނު ހިމެނެ އެވެ. މި ފޯނުތަކުގައި ތިން ކުލައެއް ހިމެނެ އެވެ.

ދިރާގުން ދަނީ އެންމެ ފަހުން ބާޒާރަށް ނެރޭ ފޯނުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.