ވިޔަފާރި

އީދު މުބާރިކް: ދިރާގުގެ ހަދިޔާ މިފަހަރު މާބޮޑު!

Aug 18, 2018

އީދު ދުވަހުގެ އުފަލުގައި ހަމައެކަނި "އީދު މުބާރިކް" ކިޔާލުމަށްފަހު ވެސް ދުއްދާލެވިދާނެ އެވެ. އަދި އީދުގެ އުފަލުގައި ބޮޑު ހަދިޔާއެއް ވެސް ދެވިދާނެ އެވެ. އެގޮތުން މި އަހަރު ހަމަ ގައިމުވެސް އެންމެ ބޮޑު ހަދިޔާއެއް ދޭ އެއް ބަޔަކަށް ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) ވާނެ އެވެ. މި އަހަރު ދިރާގުން ހަދިޔާއެއްގެ ގޮތުން މިދެނީ އީދަށް ބޮޑު ޑޭޓާ ޕެކް ތަކެކެވެ.

ދިރާގު ހަދިޔާ މުހިންމު ވަނީ ކީއްވެގެން ހެއްޔެވެ؟ ރާއްޖޭގެ މުއާސަލާތީ ހިދުމަތް މިހާރު ކުރިއަރައިގެން ގޮސްފައިވާ ވަރަށް ބަލާއިރު މިވަނީ މޮބައިލް ޑޭޓާގެ މުހިންމުކަން ބޮޑުވެފަ އެވެ. ހާއްސަކޮށް މުނާސަބަތުތަކުގައި ޗެޓް ކުރުމާއި ފޮނުވާ އީ-ކާޑުތަކުގައި މި ޑޭޓާ ތަކުގެ ބޭނުން ބޮޑުވެ އެވެ.

އީދަށް ބޮޑު ދެ ޕެކޭޖު

ދިރާގުން އީދަށް ތައާރަފު ކޮށްފައިވާ "އީދު ޕެކެޖު 1" ގައި ފަސް ޖީބީ ހިމެނެ އެވެ. މި ޕެކޭޖުގެ އަގަކީ 250ރ. އެވެ. އަދި ދެން ހުރި "އީދު ޕެކޭޖު 2" ގެ 10 ޖީބީ އެވެ. މީގެ އަގަކީ 350ރ. އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނީގެ މި ޑޭޓާ ޕެކްތައް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުން، ޝޭރާ އަދި ދިރާގު އައު ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް މިމަހުގެ 17 އިން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ނެގޭނެ އެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް މި ޑޭޓާ ޕެކްތައް 30 އޮގަސްޓް 2018 ގެ ނިޔަލަށް ބޭނުން ކުރެއްވޭނެ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ޕެކް އެކްޓީވޭޓް ކުރައްވާ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ބޭނުން ކުރެއްވޭނެ އެވެ. މި ޑޭޓާ ޕެކް ތައް ބައްލަވައިގަތުމަށް ދިރާގު އެޕް ބޭނުން ކުރެއްވޭނެއެވެ. އަދި #*123*6*5 އަށް ގުޅައިގެން ނުވަތަ ADD(space)Keyword ޖެއްސެވުމަށް ފަހު 343 އަށް އެސް އެމް އެސް ކުރައްވައިގެންވެސް މި ޑޭޓާ ޕެކް ތައް ބައްލަވައިގަނެވޭނެއެވެ.