ބޮލީވުޑް

ޖެކްލީން "ކިކް"ގެ ސީކުއަލްއިން ކިކްކޮށްލައިފި

Jun 5, 2015

މިދިޔަ އަހަރު ނިކުތް ބޮލްކްބާސްޓާ ފިލްމު "ކިކް"ގެ ސީކުއެލް އެއް ސުޕަސްޓާ ސަލްމާން ޚާން އުފައްދާނެކަން އެއީ ކުރިންވެސް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. އެގޮތުން ގިނަ ބަޔަކު ލަސްތަކެއް ނުވެ މިފިލްމުގެ ސީކުއެލް އެއް އަންނާނެ ކަމަށް ބުނެފައިވަނިކޮށް ސަލްމާންވަނީ "ކިކް"ގެ ސީކުއެލް އެއް ހަދަން ނިންމާފައިވާކަމަށް ބުނެފަ އެވެ.

ވޭތުވެދިޔަ ހަފްތާގައި ދުބާއީގައި ބޭއްވި "އަރަބް އިންޑޯ ބޮލީވުޑް އެވޯޑްސް" ގައި ސަލްމާން ވަނީ އެނާ އާއި ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާއަށް ވަގުތު ލިބުމުން މިފިލްމުގެ ސީކުއެލްގެ މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ. އަދި ސީކުއެލްގައި ވެސް ބަތަލާ ޖެކްލީން ފާނެންޑެޒް ލީޑްރޯލުން ފެނިގެންދާނެތޯ އެހުމުން ވަނީ އޭނާ ސީކުއެލް އިން ބޭރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

މީގެކުރިން ސަލްމާން ވަނީ އޭނާ ޕްރޮޑިއުސްކުރާ ފިލްމު "ހީރޯ"ގެ އައިޓަމް ލަަވައެއް ސަލްމާން އާއިއެކު ކުޅެން ޖެކުއަލީން އަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް ފަހުން އެލަވަ ވަނީ ދިމާވި މައްސަލަތަކެއްގެ ސަބަބުން ފިލްމުން ނަގާފަ އެވެ.މިފަހުން ބޭއްވި އިވެންޓެއްގައި ނޫސްވެރިން ޖެކުއަލީން ކުރެން އޭނާއާއި ސަލްމާން ކުޅެ އައިޓަމް ލަވައާ ބެހޭގޮތުން އެހުމުން ވަނީ އެ ލަވަ ފަހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ސަލްމާން މިހާރުއަންނަނީ ޖުލައި 17ވަނަ ދުވަހު ރިލީޒްކުރާ އޭނާ ލީޑްރޯލުން ފެނިގެންދާ "ބަޖްރަންގީ ބައިޖާން" ގެ ޕްރޮމޯޝަންތަކުގައި ވަރަށް އަވަދިނެތިކޮށެވެ. އަދި ޖެކުއަލީން އެންމެ އަވަހަށް ފެނިގެންދާނީ އޯގަސްޓް މަހުގެ 14ވަނަ ދުވަހު ރިލީޒްކުރާ އަކްޝޭ ކުމާރު އާއި ސިދާތް މަލްހޯތުރާ ލީޑްރޯލުން ފެނިގެންދާ ޑައިރެކްޓަރު، ކަރަން މަލްހޯތުރާގެ "ބްރަދާސް" އިންނެވެ.