ބިޕާޝާ ބާސޫ

ބިޕާޝާ އާއިލާއާ އެކު ރާއްޖޭގައި

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއިލާއާ އެކު ރާއްޖެއަށް އަތުވެއްޖެ އެވެ.

ބިޕާޝާ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވާއާއި މި ދެމަފިރިންގެ ދަރިފުޅު ޗުއްޓީ ހޭދަކުރަނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސް ގައެވެ.

ބިޕާޝާ ގެންދަނީ ޗުއްޓީ ދަތުރުގެ ހިތްގައިމު ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ހިއްސާކުރަމުންނެވެ.

ކަރަން އާއި ބިޕާޝާ ކައިވެނި ކުރީ 2016 ވަނަ އަހަރު އެވެ. މި ދެމަފިރިންނަށް ދަރިއަކު ލިބުނީ މިދިޔަ ނޮވެމްބަރު 20 ގައެވެ.

ބިޕާޝާ މީގެކުރިންވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް މިއީ އޭނާއަށް ދަރިއަކު ލިބުނު ފަހުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.