ވިޒިޓް މޯލްޑިވްސް

ރާއްޖެ އިޝްތިހާރު ކުރަން ކަރަންވީރާއި އާއިލާ

ރާއްޖެ އިޝްތިހާރު ކުރަން ކަރަންވީރް ބޮހޮރާއާއި އޭނާގެ އާއިލާ ރާއްޖެ ގެނެސްފި އެވެ.

އެމްއެމްޕީއާރްސީން ބުނީ އެ މީހުން ގެނެސްފައި ވަނީ އިންޑިއާގެ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރާށެވެ. މި ދަތުރުގައި ކަރަންވީރް ބޮހޮރާއާއި އޭނާގެ އާއިލާ ތިބޭނީ ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ކަމަށެވެ. އެ އާއިލާ ރާއްޖޭގެ މެހްމާންދާރީ އާއި ރިޒޯޓުތަކުގައި ލިބެން ހުންނަ ސްޕާ، ވޯޓާ ސްޕޯޓްސް، ސްނޯކްލިން ފަދަ ހިދުމަތްތައް ތަޖުރިބާ ކުރުމާއެކު އެ ރިޒޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައްވެސް ތަޖުރިބާކުރާނެ އެވެ.

އަދި މި ދަތުރަށްފަހު އެމީހުން ރާއްޖޭގައި ކުރާ ތަޖުރިބާތަކާ ބެހޭ ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް އެކި ޕްލެޓްފޯމްތަކުގައި ޝާއިއު ކުރާނެ އެވެ.

ކަރަންވީރް ބޮހޮރާއާއި އޭނާގެ އާއިލާ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެ އެވެ.