ބޮލީވުޑް

ވިވޭކް އާއި ދިވްޔަންކާ އެނިވާސަރީ ފާހަގަކުރަން ރާއްޖެއަށް

Jul 11, 2022

އިންޑިއާގެ ޓީވީ ޑްރާމާތަކުގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވިވޭކް ދާހިޔާ އާއި އޭނާގެ އަންހެނުން ދިވްޔަންކާ ޓްރިޕާތީ އެމީހުންގެ ކައިވެނީގެ އެނިވާސަރީ ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.

މި ދެ ތަރިން މީގެ ހަތަރު ދުވަސް ކުރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދަނީ ރ. އަތޮޅުގައި ހިންގަމުންދާ އެމަރާލްޑް މޯލްޑިވްސް ރިސޯޓުގަ އެވެ

މި ދެ ތަރިންގެ ހަވަނަ އެނިވާސަރީ ފާހަގަކުރަމުންދާއިރު ދިވްޔަންކާ ދަނީ ރިސޯޓުގައި އެމީހުން ހޭދަކުރަމުންދާ ގޮތުގެ މަންޒަރުތައް އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.

ވިވޭކް ދާހިޔާ އާއި ދިވްޔަންކާ ޓްރިޕާތީ ލޯބީގެ ގޮތުން ގުޅުނީ ސްޓާ ޕްލަސްގެ "ޔޭ ހޭ މޮހައްބަތޭން" ކުޅުނު ދުވަސްވަރު އެވެ.

މި ދެ ތަރިން ކައިވެނިކުރީ ޖުލައި، 8، 2016 ގައެވެ.