ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއިލާއާއެކު އަނެއްކާވެސް ރާއްޖެއަށް ޗުއްޓީއަށް އަތުވެއްޖެ އެވެ.
ދެހާސް ފަސްވަނަ އަހަރުގެވެސް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އާއިލާއާއެކު އައި ޝިލްޕާ ޝެޓީ މި ފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ގެންދަނީ ކަނުހުރާ މޯލްޑިވްސްގަ އެވެ.
ޝިލްޕާ ދަނީ މި ޗުއްޓީގެ މަންޒަރުތަކާ ފޮޓޯތަށް އޭނަގެ ފޭނުންނަށް ހިއްސާ ކުރަމުންނެވެ. ކަނުހުރާ ރިސޯޓުގެ ގޮނޑުދޮށުގައި ދެ އަތް ދަމާލައިގެން ހުރެ ފޮޓޯއެއް ނެގުމަށްފަހު އިންސްޓްގްރާމަށް ހިއްސާކޮށް ވަނީ ކަނުހުރާ އިން ދޭ މެހުމާނުދާރީއަށް ޝުކުރު އަދާކޮށްފަ އެވެ. މީގެ އިތުރުން ނައިޓް ފިޝިންއަށް ގޮސް މަހެއް ބާނާ މަންޒަރުގެ ވީޑިއޯއެއްވެސް އޭނާ ވަނީ ފޭނުންނަށް ދޫކޮށްލާފަ އެވެ.
ޝިލްޕާ ޝެޓީ މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ ފިރިމީހާ ރާޖް ކުންދްރާގެ އުފަންދު ވަސް ފާހަގަކުރާށެވެ. އެ ދަތުރުގައި އެމީހުން ތިބީ ތާޖް އެކްޒޯޓިކާގަ އެވެ.
ޝިލްޕާ އާއި ރާޖް ދިމާވެފައިވަނީ ބްރިޓިޝް ރިއަލިޓީ ސީރީޒް "ސެލެބްރިޓީ ބިގް ބްރަދާ"ގެ ބައިވެރިއެއްގެ ގޮތުގައި ޝިލްޕާ ބައިވެރިވެގެން އުޅެނިކޮށެވެ.
އިނގިރޭސިވިލަތުގައި ވިޔަފާި ކުރަމުން އަންނަ މަލްޓި މިލިއަނަރު ރާޖް އާއި ޝިލްޕާ ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. އަދި ފުރަތަމަ ދަރިފުޅު ވިހާން ލިބުނީ 2012 ވަނަ އަހަރުގެ މެއި މަހު އެވެ. ރާޖް އާއި ކައިވެނިކުރި ފަހުން ފިލްމީ މަސައްކަތާއި ދުރުގައ އުޅޭ ޝިލްޕާ އެންމެފަހުން ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ޑިޝްކިޔާއުން" ގެ ލަވައަކުންނެވެ. ނަމަވެސް މިހާރު ވެސް ބައެއް ފިލްމުތައް ފިރިމީހާ އާއެކު ޕްރޮޑިއުސްކުރަމުން ދެ އެވެ.