ހއ. ކެލާ

ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީކުރަން ނިންމަވައިފި

ހއ. ކެލާ އަދި އެރަށުގެ ފަޅު
0%
0%
0%

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ކެލާގެ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމަކީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދެކެވެ.

ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީކުރުމަށް އެ ރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ކަނޑައެޅުމަށްވެސް ވަނީ ނިންމާފަ އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް އެމަނިކުފާނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިއަދު ނެރުއްވި ގަރާރެއްގައެވެ.

ކެލާގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، ރައީސްގެ ގަރާރު މިހާރު ވަނީ ގެޒެޓް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910