ޑރ. މުހައްމަދު މުއިއްޒު

އަހަރުގެ މިހާތަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފި: ރައީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު މުނައްވަރާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިމައުލޫމާތު ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށް ގެންދަން ފަށާފައިވާ ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި މުއްދަތުގައި 150 މިލިއަން ޑޮލަރު ބޭންކްތަކަށް ޖަމާކޮށްފައިވާނަމަ އެއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެކެވެ.

ބޭރު ފައިސާ އިން ލިބޭ އާމްދަނީގެ ބައެއް، ބޭންކްތަކަށް ޖަމާކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ގަވައިދެއް އެކުލަވާލުމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުނިތަކުން ކުރިން އެކަމާ ދެކޮޅަށް ވާހަކަދައްކާފައިވީ ނަމަވެސް ރައީސް މިއަދު ވިދާޅުވީ ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތަކަކުން ޑޮލަރު މާރުކުރަމުންދާ ކަމަށެވެ. އެ

"އމިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ގާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުން އެބަދޭ. ބާކީ ފަސް އިންސައްތަވެސް މީގެތެރެއަށް ވެއްދުމަށް މިދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާތީ އެކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމަށެވެ. އެ\ގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1،000 ޑޮލަރަށް ވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާއި، ޓީޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެނައި ބަދަލުތަކަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމަށެވެ. އެކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވަމުން ރައީސް ވިދާޅުވީ އެކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ. ހަމައެއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރު ގަތުން މަދުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910