ވިޔަފާރި

ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ވިއްކަން ފަށައިފި

Aug 31, 2018

ސެމްސަންގެ އެންމެ ފަހުގެ ފޯނު ގެލެކްސީ ނޯޓް 9، ދިރާގުން މިރޭ ވިއްކަން ފަށައިފި އެވެ.

ދިރާގުގެ މައި އިމާރާތުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވަނީ ސެމްސަންގުގެ އެންމެ ފަހުގެ ފޯނަށް ދުރާލާ އޯޑަރު ދީފައިވާ މީހުންނަށް ފޯރު ދޫކޮށްފަ އެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ނެރެމުގެ ރަސްމިއްޔާތަށް ދިރާގު އިމާރާތް ކައިރިއަށް ގިނަ ބަޔަކު ޖަމާވިއިރު، ޕްރީއޯޑަރު ދިން މީހުންގެ ދިގު ކިޔޫއެއް ވެސް އޮތެވެ.

ދިރާގުން ނޯޓް 9 ގެ ފޯނު ނަގާ ފަރާތްތަކަށް ދޮޅު އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭނެ އެވެ. ސެމްސަަންގްގެ އެންމެ ފަހުގެ ފޯނުގައި 128 ޖީބީ އާއި 512 ޖީބީގެ ފޯނު ހިމެނެ އެވެ. މި ފޯނުތަކުގައި ތިން ކުލައެއް ހިމެނެ އެވެ.