ދީން

ކީރިތި ޤުރުއާން ޖަމްޢު ކުރުން

Dec 26, 2014

ޤުރުއާން ޖަމަޢަކުރެއްވުމާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމުގެ ކުރިން ކީރިތި ޤުރުއާނަކީ ކޮބައިތޯ ބަލާލަން އެބަ ޖެހެއެވެ. ޢުލޫމުލް ޤުރުއާނުގެ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ޤުރުއާނަކީ ސޫރަތުލް ފާތިޙާއިން ފެށެވޭ ސޫރަތުއް ނާސްގެ ނިޔަލަށް ނިމޭ މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އެކަނލާގެ ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހި ސަލާމް މެދުވެރި ކުރައްވަވާ މި އުއްމަތުގެ ނަބިއްޔާ محم صلى الله وسلم ގެ މައްޗަށް ބާއްވާލެއްވުނު އެކަނލާގެ ކަލާމްފުޅެވެ. އެއީ އެ ކިޔެވުމުން އަޅުކަމެއްކަމުގައި ފުދޭ ބަލިވުމުން ޝިފާއެއް ކަމުގައި ފުދޭ މާތް ﷲ ޖައްލަ ރައްބީގެ ކަލާމްފުޅެވެ.

އަޅުނގަޑުމެން އެންމެނަށްވެސް އެނގޭ ފަދައިން ކީރިތި މާތް ރަސޫލާގެ މައްޗަށް މި ޤުރުއާން ބާއްވާ ލެއްވުނީ އެހެނިހެން އުއްމަތްތަކާއި ޚިލާފަށް ޙާލަތާއި ވަގުތާއި ގުޅޭ ގޮތުން ލަސްލަހުންނެވެ. މިކަމުގެ ސަބަބުން މީސްތަކުންނަށް މި ޤުރުއާން ދަސްކުރުމަކީ ނުލާހިކު ފަސޭހަކަމަކަށް ވެގެން ދިޔައެވެ. އަދި އެ އާޔަތްތަކުގައިވާ ޙުކުމްފުޅުތަށް ވެސް ހިތަށް ނަގައިގަނެވި އެޔަށް ޢަމަލުކުރުމަކީ ފަސޭހަކަމެއްކަމުގައި ވެގެންވަނީ ގޮސްފައެވެ. އަދި މީގެ އިތުރުން މި ޤުރުއާނަކީ މާތް ނަބިއްޔާއަށް މާތް ﷲ ދެއްވި އެންމެ ބޮޑު މުޢުޖިޒާތްވެސް މެއެވެ. ހުރުހާ ޒަމާނަކަށާއި މަކާނަކަށް ފެތޭ އޭގައިވާ އެންމެ ކަލިމައެއް އަދި ފިއްޔެއްވިޔަސް ގެނައުމަށް ޖިންނީންނާއި އިންސީންނަށްވެސް ކުޅަދާނަވެގެންނުވާ ޤިޔާމަތަށް ދާންދެން ރައްކާތެރި ކުރެވިގެންވާ މަތިވެރި ފޮތެކެވެ.

އަޅުނގަޑުމެންގެ މަޢުޟޫއަކީ އަސްބާބުއް ނުޒޫލް ނުވަތަ ޤުރުއާނުގެ ޙިކްމަތްތަކެއްވެސް ނޫނެވެ. އަޅުނގަޑުމެންގެ މަޢުޟޫއަކީ ޤުރުއާން ޖަމަޢަކުރެއްވުމެވެ. ވީމާ މަޢުޟޫއައިގެން ކުރިޔަށް ދަމާތޯއެވެ. އާދޭހެވެ. ޢުލޫމުލް ޤުރުއާނުގައި ޤުރުއާން ޖަމަޢަކުރެއްވުން ދެ ގޮތަކަށް މަޢްނަކޮށްފައި ވެއެވެ. އެއީ

އިތުރު މާތް ނަބިއްޔާގެ ޒަމާނުގއި މި ދެގޮތަށްވެސް ވަނީ ޤުރުއާން ޖަމަޢަކުރެވިފައެވެ. އޭގެ އެއް ދަލީލަކީ ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ މި ބަސްފުޅެވެ. لَا تُحَرِّ‌كْ بِهِ لِسَانَكَ لِتَعْجَلَ بِهِ ﴿١٦﴾ إِنَّ عَلَيْنَا جَمْعَهُ وَقُرْ‌آنَهُ

މާނައީ : ( އޭ މުޙައްމަދުގެފާނެވެ) ޤުރުއާން ކިޔެވުމުގއި ކަނލޭގެފާނުންގެ ދޫފުޅު ތަކުރާރު ކުރެއްވުން އަވަސް ނުކުރައްވާށެވެ. ހަމަކަށަވަރުން އެ ޤުރުއާން ކަނލޭގެފާނުންގެ ހިތްޕުޅުގައި ޖަމަޢަކުރެއްވުމަކީ ތިމަން ރަސްކަނލާގެ ރަސްކަންފުޅު މައްޗަށް އޮތްކަމެކެވެ. (سورة القيامة 16-17) 

މިވަޙީ ބަސްފުޅުން މާތް ރަސޫލާގެ ޙަޔާތްޕުޅުގއި އެ ޤުރުއާން ހިތްޕުޅުގއި ޖަމަޢަކުރެވިގެން ދިޔަކަމަށް ވަރަށް ސާފުކޮށް ދަލީލުލިބެއެވެ. އަދި މި ނޫނަސް މާތް ރަސޫލާގެ ޒަމާނުގައި ވަރަށް ގިނަ އަޞްޙާބު ބޭކަލުންވެސް އެ ޤުރުއާން ހިތްޕުޅުގައި ޖަމަޢަކުރެއްވިއެވެ. ނުވަތަ އެއަށްވުރެ ތިލަ ޢިބާރާތަކުން ދަންނަވަނީނަމަ އެ ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރެއްވިއެވެ. قتادة قال سألت أنس بن مالك: من جمع القرآن على عهد رسول الله صلى الله عليه وسلم ؟ فقال: أربعة, كلهم من الأنصار: أُبي بن كعب, ومعاذ بن جبل, وزيد بن ثابت وأبو زيد .....( مسلم, كتاب فضائل الصحابة 4/1914 ),

އަނަސްގެފާނު ކިބައިން ޤަދާދަތުގެފާނު ސުވާލުކުރެއްވިއެވެ. ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކީ ދަސްފުޅު ކުރެއްވެވީ ކޮން ބޭފުޅުންނެއްތޯއެވެ. އަނަސްގެފާނުން ވިދާޅުވިއެވެ. ހަތަރު ބޭފުޅެކެވެ. އެ ހަތަރު ބޭފުޅުންނަކީވެސް އަންޞާރިއްޔަ ބޭފުޅުންނެވެ. އެބޭފުޅުންނީ އުބައްޔު ބުނު ކަޢްބު، ޒައިދު ބުނު ޘާބިތު ، މުޢާޛް ބުނު ޖަބަލް ، އަދި އަބޫ ޒައިދެވެ. އެހެން ރިވާޔަތެއްގައި އުބައްޔު ބުނު ކަޢްބުގެ ބަދަލުގައިވަނީ އަބުއް ދަރްދާއުއެވެ. (مات النبي صلى الله عليه وسلم ولم يجمع القرآن غير أربعة: أبو الدرداء, ومعاذ بن جبل, وزيد بن ثابت, وأبو زيد) މި ރިވާޔަތްތަކުން އެނގޭގޮތުގައި ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކަށް ދަސްފުޅު ކުރައްވަވާފައިވަނީ 4 އަޞްޙާބުންނެވެ. ( މި ޙަދީޘް ބުޚާރީގައިވެސް ވެއެވެ.) ދެން އެހެން ޙަދީޘްފުޅަކަށް ބަލާލަމާތޯ އެވެ.

މި ޙަދީޘްފުޅުން އެނގިގެންދާ ގޮތުގައި ޤުރުއާން އުނގެނުމަށް މާތް ރަސޫލާ އެ އަންގަވަނީ ޢަބްދުﷲ ބުނު މަސްޢޫދުގެ ކިބައިންނާއި ސާލިމްގެ ކިބައިންނާއި މުޢާޛް ބުނު ޖަބަލްގެ ކިބައިންނާއި އަދި އުބައްޔު ބުނު ކަޢްބުގެ ކިބައިންނެވެ. މި ޙަދީޘްފުޅުގައިވެސް އަނަސްގެފާނުންގެ ކިބައިން ރިވާވެގެންވާ ރިވާޔަތުަގައި ނުހިމެނޭ 2 ބޭފުޅުން އެބަތިއްބެވިއެވެ.

މި މައްސަލައާއި މެދު ޢިލްމުވެރިންގެ މެދުގައި ވަނީ ބަޙްޘް ކުރެވިފައެވެ. އެގޮތުން އެބޭފުޅުން ވިދާޅުވަނީ އަނަސްގެފާނުން އެހެން ވިދާޅުވެފައި އެވަނީ އެކަލޭގެފާނުންނަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ހުންނަވާގެން ކަމަށެވެ. އަދި މީގެ އިތުރުން އެބޭފުޅުން ވިދާޅުވަނީ ކީރިތި މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ޤުރުއާން އެކަށް ދަސްފުޅު ކުރެއްވީ އެންމެ ހަތަރު ބޭފުޅުންނެއްވެސް ނޫން ކަމަށެވެ. ކިތަންމެ އަޞްޙާބުންނެއް ވަނީ ޤުރުއާން ދަސްފުޅު ކުރައްވާފަ ކަމުގައި އެބޭފުޅުން ދެކިވަޑައިގަންނަވައެވެ. މިހެން ވިދާޅުވާ މަޝްހޫރު ޢާލިމުންގެ ތެރޭގައި އިބްނު ޙަޖަރުލް އަސްޤަލާނީ ، އަބޫބަކުރުލް ބާޤިލާނީ ، އަލްމާޒިރީ އަދި ޤުރްޠުބީ ފަދަ ބޭބޭފުޅުން ހިމެނެއެވެ. މިގޮތުން މާލިކީ މަޒްހަބުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޤުރްޠުބީގެ ބަސްފުޅު މިތާ ނަކަލުކޮށްލާނަމެވެ " القتل بالقراء يوم اليمامة في زمن الصديق رضي الله عنه, وقتل منهم في ذلك اليوم فيما قيل سبعمائة, أشار عمر بن الخطاب على أبي بكر الصديق رضي الله عنهما بجمع القرآن مخافة أن أشياخ الجامع لأحكام القرآن للقرطبي: 1/ 49 – 50) )القراء

އާދެ މިފަދަ ކިތަންމެ ޢިލްމުވެރިންގެ ބަސްފުޅުތަކުންވެސް އެނގިގެންދަނީ މާތް ރަސޫލާގެ ޒަމާނުގައި ޤުރުއާން އެކަށް ދަސްފުޅު ކުރެއްވެވީ 4 ބޭފުޅުން ނޫންކަމުގައެވެ. އެގޮތުން ދަލީލަކަށް ގެންނަވަނީ ބީރުމަޢްނާގައި ޝަހީދުވެވަޑައިގަތް 70 ޤުއްރާއިންނާއި ޔަމާމަތުގެ ހަނގުރާމައިގައި ޝަހީދުވެވަޑައިގަތް 400 ޤުއްރާއިންގެ ވާހަކައިންނެވެ. އަދި މީގެ އިތުރުން ޢުލޫމުލް ޤުރްއާނުގެ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ ޖަލާލުއްދީނުއް ޞުޔޫޠީ އެކަލޭގެފާނުންގެ ފޮތުގައި ޤުރުއާން ހިތުދަސް ކުރެއްވި އަންހެން ސާހިބެއްގެ ވާހަކަ ބަޔާން ކުރައްވާފަ ވެއެވެ. އެކަމަނާގެ ނަންފުޅަކީ އުންމު ވަރަޤަތު ބިންތި އަބްދުﷲ ބިން ޙާރިޘް އެވެ. އަދި އިބްނި ޙަޖަރް ބަޔާން ކުރައްވާ ގޮތުގައި އަބޫބަކުރުގެފާނުވެސް ވަނީ ޤުރުއާން ހިތްޕުޅުން އެކަށް ދަސްފުޅު ކުރައްވާފައެވެ.

އިބްނު ދާވޫދު އެކަލޭގެފާނުން ލިޔުއްވި ޤިރާއަތޭ ކިޔުނު ފޮތުގައި ކީރިތި މާތް ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން މުހާޖިރުންގެ ތެރެއިން ޤުއްރާއިންގެ ގޮތުގައި 11 ބޭކަލެއްގެ ނަންފުޅު ލިޔުއްވާފައިވެއެވެ. އެބޭފުޅުންނީ ކީރިތި މާތް ރަސޫލާގެ 4 ޚަލީފާއިންނާއި ،ޠަލްޙާ ، ސަޢްދު ،އިބްނު މަސްޢޫދު، ޙުޛައިފާ ، ސާލިމް ، އަބޫ ހުރައިރާ . އަބްދުﷲ ބިން އައްޞާއިމް ، ޢަބްދުﷲ އިބްނި ޢައްބާސް ، ޢަބްދުﷲ ބިން ޢުމަރު ، ޢަބްދުﷲ ބިން ޒުބައިރު ، ޢަބްދުﷲ ބިން އަމްރު ބުނު ޢާސް ، ޢާއިޝާ ބިންތި އަބޫބަކުރު، ޙަފްސާ ބިންތި ޢުމަރު ބުނުލް ޚައްޠާބު އަދި އުއްމު ސަލްމާ އެވެ. އަދި މީގެ އިތުރުން އަލްއަންބާ ބައިޝަވީގެ ޖިލްދު 1 ގައި މާތް ރަސޫލާގެ އަރިހުން ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރެއްވި ކަމަށް މަޝްހޫރުވެގެންވާ ބޭފުޅުންގެ ގޮތުގައި ޝާމިލްކުރައްވާފައިވާ ނަންފުޅުތަށް އަޅުނގަޑުމެންވެސް މިތާގައި ނަކަލުކޮށްލާނަމެވެ.

އިސްވެ ދެންނެވުނު ދަލީލުތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ހުރެ ބުރަވެ އަޅުނގަޑުމެން ދަންނަވާނީ މާތް ރަސޫލާ (ޞޢޥ) ގެ ޒަމާނުގައި ގިނަ އަޞްޙާބު ބޭކަލުންނެއް ވަނީ ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރައްވާފަ ކަމުގައެވެ. އެބޭފުޅުންގެ ޢަދަދަކީ ކޮބައިކަން މާތް ﷲ ނޫން އެހެން ފަރާތަކަށް އެނގިގެންވޮޑިގެން ނުވެއެވެ.