ހަބަރު

ރައީސް މާދަމާ އދ. އަތޮޅަށް

Sep 2, 2018
2

ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކެއް އިފްތިތާހް ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މާދަމާ އދ. އަތޮޅަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ދެދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅުގައި އދ. އަތޮޅު ތިން ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދަނގެއްޗަށެވެ. އެރަށަށް ވަޑައިގެން އެރަށު ބަނދަރާއި ފެނުގެ މަޝްރޫއު ނިމުން ފާހަގަ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މާދަމާ މަހިބަދޫއަށްވެސް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ، އެރަށުގެ މަގުހެދުމުގެ މަސައްކަތް ނިމުން ފާހަގަ ކުރުމަށްވެސް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު މާމިގިއްޔަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައި ވެއެވެ. އެރަށަށް ވަޑައިގެން އެރަށުގެ ނަރުދަމާގެ މަސައްކަތް އަމަލީ ގޮތުން ފެއްޓުން ރައީސް އިފްތިތާހް ކޮށްދެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.

ރައީސް މާދަމާ އދ. އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ހުކުރު ދުވަހު ޅ. އަތޮޅަށް ވަޑައިގެން އެއަތޮޅު ބައެއް ރަށްތަކުގައި ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފަ އެވެ.