ފެޝަން

ކްރިސްޓިއަން ޑިއޯގެ ޖޯއި ލެކިއުޓަށް

Sep 6, 2018
2

މަޝްހޫރު ފެޝަން ޑިޒައިނާ އަދި ޕާރފިއުމް ހައުސް ޑިއޯ އިން މި ސެޕްޓެމްބަރު މަހު އަލަށް ތައާރަފު ކުރި ޖޯއި ސެންޓް ލެކިއުޓްގެ ފިހާރަ ތަކުން ވިއްކަން ފަށައިފި އެވެ.

ކޮލިޓީ އަދި އޮރިޖިނަލް ޑިޒައިނާ ސެންޓް ވިއްކުމުގައި 28 އަހަރުގެ ތަޖުރިބާ ލިބިފައިވާ ލެކިއުޓުން ބުނީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ނެރުނު މި ސެންޓަކީ 1999 ގައި ޖެޑޯ ނެރުމަށްފަހު ޑިއޯ އިން ނެރުނު މުޅިން އާ އަންހެން ސެންޓް ލައިން އެއްގެ އާ ފެށުމެއް ކަމަށެވެ.

މި ލައިންގެ ފުރަތަމަ ސެންޓެއްގެ ގޮތުގައި ޖޯއި ތައާރަފުކޮށްފައިވަނީ އާ އުއްމީދުތަކަކާ އެކު އެވެ. މާމެލާމެލީގެ ތަފާތު ވަސްތަކާއި ސިޓްރަސީ މޭވާގެ ވަސް އެކުވެގެން ނުކުންނަ މަޑު މަޑު މީރުވަހެއް ދުވާ މި ސެންޓް އުފެއްދުމުގާ ޑިއޯ އިން ވަނީ ޕޮއިންޓިސިސަމް ގެ ކުރެހުންތަކުން އިންސްޕިރޭޝަން ހޯދާފަ އެވެ. އެފަދަ ކުރެހުންތަކުން ފެންނަ ސަބްޓްލް ޓެކްނީކް މިސެންޓް ފުޅީގެ ޑިޒައިން އަދި ވަހުގެ ކޮމްޕޮސިޝަންގައި ހިމެނެ އެވެ.

މަޑު ފިޔާތޮށި ކުލައިގެ ޖަވާހިރެއް ގޮތަށް ފުޅި ޑިޒައިން ކޮށްފައިވާ ޖޯއި ހާއްސަ ކޮށްފައިވަނީ ޒުވާން އަންހެން ކުދިންނަށެވެ. މި ސެންޓްގެ މީރުވަހުން އުފާވެރިކަން ގެނެސްދީ، މީހާގެ މޫޑް ރަނގަޅު ކުރުމަށް އެހީތެރިވެދެ އެވެ.


މި ސެންޓްގެ އެމްބެސެޑަރަކީ އާއްމުންގެ މެދުގައި މަޝްހޫރު ފިލްމީ ތަރި ޖެނިފާ ލޯރެންސް އެވެ.
ޖޯއި ރަސްމީކޮށް ރާއްޖެއިން ލިބެން ހުންނަނީ ލެކިއުޓް ފްލެގްޝިޕް ސްޓޯ ލެކިއުޓް މާފަންނު، އަދި ލެކިއުޓްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުންނެވެ.