ބޮލީވުޑް

ތާރާ، އަރްޖުން ރެއްޑީ ދޫކޮށްލައިފި

ކަރަން ޖޯހަރްގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ ބަތަލާ، ތާރާ ސުތާރިޔާ އޭނާގެ ދެ ވަނަ ބޮލީވުޑް ފިލްމު "އަރްޖުން ރެއްޑީ" ދޫކޮށްލައިފި އެވެ. މި ފިލްމުގައި ތާރާ ކުޅެން ނިންމާފައި އޮތީ ޝާހިދު ކަޕޫރްގެ ލޯބިވެރިޔާގެ ރޯލެވެ.

ތާރާ މި ފިލްމު ދޫކޮށްލީ އޭނާގެ ޝެޑިއުލް ބިޒީވެ ފިލްމު ޝޫޓުކުރުމަށް އެކަށީގެންވާ ވަގުތުދެވެން ނެތުމާއެކު އެވެ.

"އަރްޖުން ރެއްޑީ" އަކީ ޓެލުގޫ ބްލޮކްބާސްޓާ ފިލްމެއްގެ ރީމޭކްއެކެވެ. ރުޅި ކޮންޓްރޯލުކުރުމުގެ މައްސަލަތަކެއް ހުންނަ މެޑިސިން ކިޔަވާ ޒުވާނެއްގެ ވާހަކަ ގެނެސްދޭ މި ފިލްމުގެ ހިންދީ ރިމޭކްވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ޓެލުގޫ ފިލްމު ޑައިރެކްޓްކުރި ސަންދީދް ރެޑީ ވަންގާ އެވެ.

ތާރާ އަކީ ހުނަރުވެރި އެކްޓުރެސްއެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއްވެސްމެ އެވެ. އޭނާ ވަނީ "ތާރޭ ޒަމީން ޕަރް" އާއި "ގުޒާރިޝް" ފަދަ ފިލްމުތަކަށް ލަވަ ކިޔައިދީފަ އެވެ.