ސ. ހިތަދޫ

ހިތަދޫގެ ފިހާރައެއްގައި ރޯވެ އަނދައިފި

Sep 9, 2018

އައްޑު އަތޮޅު ހިތަދޫގެ ފިހާރައެއްގައި ރޭ ފަތިހު އަލިފާން ރޯވެ އަނދައި ގެއްލުންތައްވެއްޖެ އެވެ. "ކައްޓި ހިތްވަރު" ނަމަކަށް ކިޔާ އެ ފިހާރާގައި ރޯވި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހުގައި ކަމަށާއި ސިފައިން އެ ސަރަޙައްދަށް ގޮސް ފިހާރައިގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލީ 5:00 ޖަހައި ބޮޑުވި ފަހުން ކަމަށެވެ.

މި ހާދިސާގައި އެ ފިހާރައިގެ 90 ޕަސެންޓް އެއްކޮށް އަނދައިގެން ގޮސްފައިވާއިރު މޯލްޑިވްސް ޕޮލިސް ސާވިސްއިން އިން މިހާރު ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.