ވިޔަފާރި

އޮންލައިން ޓްރެވަލް އެޖެންޓުން ގަވާއިދާ ހިލާފަށް އުޅޭނީ މަޓާޓޯގެ ކަންބޮޑުވެއްޖެ

Sep 15, 2018
4

ދުނިޔޭގެ މަޝްހޫރު ވެބްސައިޓުތައް ކަމަށްވާ އެއާބީއެމްބީ އާއި އޮންލައިން ޓްރެވަލް އެޖެންޓުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ޕެކޭޖް ވިއްކާ މައްސަލާގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޓާޓޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އޮންލައިޓް ޓްރެވަލް އެޖެންޓުކަން ގަވާއިދާހިލާފަށް ކުރަމުންދާ ކަމަށެވެ. އެ ޖަމިއްޔާ އިން ބުނީ މިގޮތުން މަޝްހޫރު ބުކިން ސައިޓެއް ކަމަށްވާ އެއާބީއެންބީ އިން ރާއްޖޭގައި ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެއާބީއެންބީ އިން ރާއްޖޭގައި ވިޔަފާރި ކުރަނީ ރާއްޖޭގައި ހަދާފައިވާ ޓެކްސްއާ ގުޅުންހުރި ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ. އަދި އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެއާބީއެންބީ އާއި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންގެ ގޮތުގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރާ ކަމަށެވެ.