މަޓާޓޯ

އެމެރިކާގެ ޓްރެވަލް އެޖެންޓުންގެ ފޯރަމެއްގައި މަޓާޓޯ

Jun 23, 2022

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި އެމްއެމްޕީއާރްސީ އިން އެމެރިކާގައި އޮންނަ ޓްރެވަލް އެޖެންޓުންގެ ފޯރަމެއްގައި ބައިިވެރިވެއްޖެ އެވެ.

އެމެރިކާގެ ލެސްވެގަސްގައި މިމަހުގެ 20 އިން 23 އަށް ކުރިއަށް ދިޔަ މި ފޯރަމަކީ އެމެރިކާގެ ލެއިޝާ ޓްރެވަލް އެޖެންޓް ކޮމިއުނިޓީން ބާއްވާ އެންމެ ބޮޑު އެއް އިވެންޓެވެ.

މި ފޯރަމްގައި ބައެއް ޖަމިއްޔާތަކާއި މާކެޓިން ޕާޓްނަރުންނާއެކު 40،000 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންޓުން ބައިވެރިވެ އެވެ.

މަޓާޓޯ އިން ބުނީ މި ފޯރަމްގެ ބޭނުން އެ ކުންފުނިން ހިފީ ދިވެހި ޓްރެވަލް ކުންފުނިތަކަށް ޓްރެވަލް ވިޔަފާރީގައި ޑައިރެކްޓް ނެޓްވޯކިން ހެދުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ.

މި ފޯރަމްގައި ރާއްޖޭގެ ރިސޯޓް ލައިފް އާއި ރިއޯލޯ ކުންފުނިން އަދި މައި ފެސިލިޓީގެ އިތުރުން ވިލާ ހޮޓެލްސް އިން ބައިވެރިވެ އެވެ.

އުއްމީދީ މާކެޓެއްގެ ގޮތުގައި ބަލާ އެމެރިކާ ސަރަހައްދުން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގައި 4.2 ޕަސެންޓް ހިއްސާ ކުރި އެވެ. އަދި އެ ގައުމުން 55,760 ޓޫރިސްޓުން އައިސްފައިވެ އެވެ.