މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަށް އާ ބޯޑެއް ހޮވައި، ރައީސްގެ މަގާމަށް އަބްދުﷲ ގިޔާސް އައްޔަން ކޮށްފި އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާއިން ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ރައީސްގެ މަގާމުގެ އިތުރުން އެހެން މަގާމުތަކަށް ވެސް ވަނީ ބޭފުޅުން އައްޔަންކޮށްފަ އެވެ. ރައީސްގެ މަގާމަށް ހޮވިފައިވަނީ ކުރިން މަޓާޓޯގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޖިޔާސް އެވެ.
މަޓާޓޯގެ އެހެން މަގާމުތައް
- ނައިބް ރައީސް މުހައްމަދު ހަލީލް
- ނައިބް ރައީސް މުހައްމަދު ޝާޒް ވަލީދު
މީގެ އިތުރުންވެސް އެހެން މަގާމުތަކަށް ވަނީ ބޭފުޅުން އައްޔަންކޮށްފަ އެވެ.
މަޓާޓޯގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުﷲ ސުއޫދު އެވެ. އަދި އޭގެ ކުރީގައި ހުންނެވީ މުހައްމަދު ހަލީލް އެވެ.
ރާއްޖޭގެ ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ޖަމިއްޔާ މަޓާޓޯއަކީ މި އިންޑަސްޓްރީގައި ނުފޫޒު ގަދަ ޖަމިއްޔާ އެކެވެ. ހާއްސަކޮށް ކޮވިޑް-19 އަށްފަހު ރާއްޖެ ހުޅުވައިގެން ކުރިއަށް ދިއުމުގައި ސަރުކާރުން ވަނީ މި ޖަމިއްޔާއާއެކު މަސައްކަތް ކޮށްފަ އެވެ.