ވިޔަފާރި

ދިރާގުގެ "ފެމިލީ ޑޭ" ވިންޓާޕާކުގައި ފާހަގަކޮށްފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން ކޮންމެ އަހަރަކު ބާއްވާ މުވަޒަފުންގެ "ފެމިލީ ޑޭ" މިއަހަރު ރަސްރަނި ބަގީޗާގެ ވިންޓަރ ޕާރކުގައި ބާއްވައިފި އެވެ.

ދިރާގު ފެމިލީ ޑޭ އަކީ ކޮންމެ އަހަރަކު މުވަޒަފުންގެ އާއިލާތަކާއި އެއްކޮށް ވަގުތު ހޭދަކޮށްލަން ބާއްވާ ދުވަހެއް ކަމަށާއި ކޮންމެ އަހަރަކުވެސް ދިރާގު ފެމިލީ ޑޭ އޮންނަނީ ތަފާތު ތަނެއްގައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުޏީގެ މުވައްޒަފުންކަމަށާއި، މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ދިރާގު ފެމިލީ ޑޭ އަކީ ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތްކަމަށެވެ.

ދިރާގުން ބުނީ އެކުންފުންޏަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުނި ކަމަށާއި، 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، އަދި މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ މާހައުލު އެންމެ ފުރިހަމަ އެއް ކުންފުނި ކަމަށެވެ.

ދިރާގު މުވައްޒަފުންގެ ޖަމިއްޔާ "އީ ކްލަބް" ގެ ފަރާތުން ވިދާޅުވީ މި ފަދަ ހަރަކާތް ތަށް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުވައްޒަފުންނާއި އާއިލާގެ މެމްބަރުން އޮފީހުގެ މާހައުލާއި ދުރުން މަޖާ ކޮށް އަދި އުފާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދީ މުވައްޒަފުން ގެ ހިންހަމަޖެހުން އިތުރު ކުރުވުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަނަލް ސެންޓަރުތަކުގައިވެސް މިފަދަ ހަރަކާތްތަށް ދަނީ ކުރިއަށް ގެންދަމުންކަމަށާއި، އެގޮތުން ކޮންމެ އަހަރަކު ކޮންމެ ރީޖަނަލް އޮފަރޭޝަނަލް ސެންޓަރުތަކުން ދަތުރު ދިޔުމާއި ސްޓާފް ނައިޓް ފަދަ އިވެންޓްތައް ދަނީ ބާއްވަމުން ދިރާގުން ވަނީ ބުނެފައެވެ.