ހަބަރު

ދިއްފުށީފަޅު އެހެން ބަޔަކަށް ކުއްޔަށް ދެވިގެންނުވާނެ: ހާމިދު ސޭޓް

ދިއްފުށީ ފަޅު--
100%
0%
0%

ކ. ދިއްފުށީފަޅަކީ ޓޫރިޒަމް މިނިސްޓްރީއިން 50 އަރަށް ހާމިދު އިސްމާއިލް، ހާމިދު ސޭޓަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި، އެތަން ސަރުކާރުން އެހެން ބަޔަކަށް ކުއްޔަށްދެވިގެން ނުވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އޮގަސްޓް 31 އާއި 9 ސެޕްޓެމްބަރުގެ ތާރީހުގައި ޓުއަރިޒަމް މިނިސްޓްރީން ގެޒެޓްގައި ޝާއިރުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކ. ދިއްފުށީ ފަޅުގައި ހިއްކާފައިވާ ސަރަހައްދު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހަޅަން އެދޭކަމަށެވެ.

އެ އިއުލާނާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހާމިދު އިސްމާއިލް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެތަނަކީ، ދިވެހި ސަރުކާރާއި، އޭނާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 50 އަހަރަށް ކުއްޔަށްދީފައިވާ ތަނެއްކަމަށެވެ. އަދި އެތަން ކުއްޔަށް ހިފުމުގެ ސައްހަ އެއްބަސްވުމެއް އޮތް އިރު، އެ އެއްބަސްވުމާއި ހިލާފަށް ދިވެހި ސަރުކާރުން އެތަން ބިޑަށް ލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެތަނަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ނަގަންޖެހޭ އެންމެހާ ހުއްދަތަކެއް ނަގައިގެން ބޮޑެތި ހަރަދުތަކެއް ކޮށްގެން ހިއްކަމުންދާ ތަނެއް ކަމަށާއި، މީގެ ކުރިން 2 ނޮވެމްބަރު 2017 ގައިވެސް، އެ ފަޅު ބިޑަށްލާފައިވާ ކަމަށެވެ.

އެފަހަރުވެސް އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، މުއާމަލާތްކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަމުގައި ހާމިދުގެ ފަރާތުން ފޮނުވާފައިވާ އެއްވެސް ސީޓީއަކަށް ޖަވާބެއް ދީފައިނުވާއިރު، އަނެއްކާވެސް އެތަން ބިޑަށްލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ހާމިދުގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ ފަޅު ކުއްޔަށް ހިފުމަށްޓަކައި، ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ އެޑްވާންސް ލީސް ރެންޓްވެސް ދައްކާފައިވާ ކަމަށް ހާމިދުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލަކޫ

ބަލަ ދިއްފުށި ފަޅު ސޭޓަށް ލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެޢި ދިވެހި ރައްޔިތުންގެ ތަނެއް.

ދުމިހާ ޓުސޭ

މަބުނީ ސޭޓްވެސް ކަންކުރެވުނުގޮތް ރަގަޅު ނޫން އެގޭތޯ. އެކަމަކު އަހަރުން ޤަބޫލުކުރަން ސޭޓައް ލަނޑުދިނީ ޔާމީނާއި އަދީބުކަން.

އަލީ ސަލީމް

މިފަދަ އަމަލު ތަކަށް ދިވެހި ބަހުން ކިޔަނީ "ފޭރުން". ސަރުކާރަކުން ފޭރެން ފަށައިފިއްޔާ ރައްޔިތުން ހަސްފަސްވެގެންދާނެ ! ތިގޮތަށް ބިޑަށް ހުޅުވައިލިއަސް އެއްވެސް އިންވެސްޓަރަކަށް ތިފަދަ ތަންތަނުގައި މިލިއަނުން އިންވެސްޓް ކުރާކަށް ނުކެރޭނެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345