ދުނިޔެ

މޮރިޝަސްގެ އާ ރައީސް: އެފްރިކާގެ ފުރަތަމަ މުސްލިމް އަންްހެން ރައީސް

Jun 10, 2015

އެކަން ހިނގީ ވަރަށް ކުއްލި ގޮތަކަށެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މޮރިޝަސްގެ ރައީސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ބަޔޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ގުރީބް ކެންޑިޑޭޓެއްގެ ގޮތުގައި ހިޔާރުކޮށް، ރައީސް ކަމުގެ މަގާމަށް ހޮވަން މަސައްކަތް ކުރީ އިދިކޮޅު ޕާޓީތައް ގުޅިގެންނެވެ. އެކަމަކު އެއިރު ވެސް އެކަން ކާމިޔާބު ވެދާނެ ކަމަކަށް އެ ކަމަނާ އުއްމީދެއް ނުކުރައްވަ އެވެ. އެހެންވެ، އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާތައް އިއުލާންކުރަމުން ދިޔައިރު ވެސް ގުރީބް ހުންނެވީ ބަސް ހުއްޓިފަ އެވެ.

ހައިރާންކުރަނިވި ގޮތަކަށް ރައީސް ކަމަށް ވަޑައިގަތުމަށް ފަހު، ގުރީބްގެ އަމާޒު ހުރީ މުޅި އެފްރިކާގައި ވެސް ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީގައި އުޅޭ މޮރިޝަސްގެ އިގްތިސާދު މިހާރަށް ވުރެ ވެސް ފުޅާކުރެއްވުމަށެވެ. އެ ކަމަނާ ގަބޫލުކުރައްވާ ގޮތުގައި މާ ގިނަ ގުދުރަތީ ވަސީލަތްތަކެއް ލިބިފައި ނެތް ނަމަވެސް، އެއީ މޮރިޝަސް އަށް ކުރެވޭނެ ކަމެކެވެ.

އެފްރިކާގެ އަންހެނުންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު، އަނިޔާތަކާ ވެސް އާއްމުކޮށް ކުރިމަތިލާންޖެހެ އެވެ. އެ ކަންކަމާ ދެކޮޅަށް ތެދުވެ، އެންމެ މަތީ ހަރުފަތްތައް ގިރާކުރުމުގެ ހިތްވަރު ލިބެނީ ވަރަށް މަދު މީހަކަށެވެ. އެހެންވެ، ގުރީބް ވެފައި ވަނީ އެފްރިކާގެ އަންހެން ކުދިންނަށް ލިބިފައިވާ ލާމަސީލު މިސާލަކަށެވެ.