ހަބަރު

މި ދުވަސްވަރު ބްރިޖު މަތީ ކުޑަ ނަގާއިރު ސަމާލުވާތި: ފުލުހުން

Sep 29, 2018
3

ހުޅަނގު މޫސުމުގެ ވާރޭ ބޯކޮށް ވެހޭ މި ދުވަސްވަރު ބްރިޖު މަތިން ދުއްވާފައިދާއިރު ކުޑަ ބޭނުން ކުރުމުގައި ސަމާލުވުމަށް ފުލުހުން އެދެފި އެވެ.

ފުލުހުން މިހެން އެދުނީ ބްރިޖު މައްޗައް ވަރަށް ގަދައަށް ވައި މިހާރު ޖެހެމުންދާއިރު ދުއްވާފައިދާ އުޅަނދުތަކުން ކުޑަ ބޭނުން ކުރުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެތީ އެވެ. ފުލުން ބުނީ ވައިގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވާތީ ބްރިޖު އަދި ލިންކު ރޯޑުގައި ސައިކަލު ދުއްވާ ފަރާތްތަކުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިއްސާރަ ކުޑަ ބޭނުން ކުރުމުގައި ސަމާލުވުމަށް އެދޭ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވެސް ވަނީ ވައިގަދަ ވާނެ ކަމަށް ލަފާކޮށް ސަމާލުވާން އެދިފަ އެވެ. އެ އޮފީހުން ބުނީ ހުޅަނގުދެކުނާއި ހުޅަނގުން އަދި މެދުތެރޭ އަތޮޅުތަކަށް މިރޭ ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަަމަށެވެ. އެގޮތުން ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުގައި ދަތުރު ކުރާ އުޅަނދުތައް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.