ފާރިސް މައުމޫން

ޖަލުގެ ދުވަސްތަކަކީ ރައްޔިތުންނަށް ކޮށްދިން ހިދުމަތެއް: ފާރިސް

މިނިވަންވުމަށް ފަހު ފާރިސް މައުމޫން މިރޭ މީޑިއާތަކާ ބައްދަލު ކުރައްވަނީ. -- އަވަސް ފޮޓޯ | މުހައްމަދު އަފްރާހު
77.8%
0%
22.2%

މިވީހާ ދުވަހު ޖަލުގައި ހޭދަކުރި ކޮންމެ ދުވަހެއްގައި ވެސް ހުންނެވީ އުންމީދުގައި ކަމަށާއި ޖަލުގައި ހޭދަ ކުރި ދުވަސްތަކަކީ ރައްޔިތުންނާއި ގައުމަށް ކޮށްދެވުނު ހިދުމަތެއްގެ ގޮތުގައި ދެކޭ ކަމަށް، ކަފާލާތުގެ ދަށުން މިއަދު މިނިވަން ކުރި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް ފާރިސް ހައްުޔަރު ކުރީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އޭނާ ހުންނަވަނީ ޖަލު ބަންދުގަ އެވެ.

ކަފާލާތުގެ ދަށުން ހައިކޯޓުން ފާރިސް އާއި ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ދޫކޮށްލުމުން، އެންދެރިމާގޭ ކައިރިއަށް ވަޑައިގެން މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާ އާއި އާއިލާއަށް އަދި ބައްޕާފުޅަށް ބޭއިންސާފުން އެތައް ކަމެއް ކުރަމުން ދިޔައިރު އެންމެ ދުވަހަކު ވެސް އުންމީދު ކަނޑާނުލާ ކަމަށެވެ. އަދި ރާއްޖޭގައި އިންސާފު ގާއިމް ވާނެ ކަމުގެ އުންމީދު އަބަދުވެސް އޮތް ކަމަށާއި ހުންނެވީ ހައްގުގެ މަގުގައި ކުރާ މަސައްކަތެއްގައި ކަމަށް ގަބޫލު ކުރެއްވި ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. ފާރިސް ވިދާޅުވި ގޮތުގައި އޭނާގެ އަބަދުވެސް އުންމީދަކީ މި "އުފާވެރި ދުވަސް" ފެނިގެންދާނެ ކަމުގެ ޔަގީން ކަމެވެ.

"ވަރަށް އުފާވޭ ހިތްހަމަޖެހޭ! ﷲގެ އިރާދަފުޅުން އަޅުގަނޑު އަބަދުވެސް ޔަގީންކޮށްގެން ހުރީ މި ދުވަސް އަންނާނެ ކަމަށް. މިި ދުވަސް އަންނާނެ އިރެއްގެ ޔަގީންކަމެއް ނެތީ. އެކަމަކު އެންމެ ދުވަހަކުވެސް އަޅުގަނޑު އުންމީދު ކަނޑައެއް ނުލަން، އެ ގޮތުގައި އަޅުގަނޑު އެތަނުގައި [ޖަލުގައި] ކޮންމެ ދުވަހަކުވެސް ކޮންމެ ވަގުތަކު ވެސް ހުރީ. އަޅުގަނޑު ދުށީ މިއީ ރައްޔިތުންނަަށް ރާއްޖެއަށް ކޮށްދެވުނު ހިދުމަތެކޭ. އެކަމުން އަޅުގަނޑު ހިތްވަރު ލިބިގެން ހުރީ. އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ މެދު، ހާއްސަކޮށް އަޅުގަނޑުގެ ބައްޕައާ މެދު ކަންތައްތައް ކިރެވެމުން ދިޔައިރުވެސް. އަޅުގަނޑުމެން މިތިބީ ހައްގުގެ މަގުގައިކަމުގެ ކަށަވަރުކަން އޮތީ. އަޅުގަނޑުމެންގެ ހިތުގައި މި ޔަގީންކަން އޮންނާތީ މި ހިސާބަށް މިއާދެވުނީ،" ފާރިސް ވިދާޅުވި އެވެ.

އެކަމަކު އެންމެ ދުވަހަކުވެސް އަޅުގަނޑު އުންމީދު ކަނޑައެއް ނުލަން، އެ ގޮތުގައި އަޅުގަނޑު އެތަނުގައި [ޖަލުގައި] ކޮންމެ ދުވަހަކުވެސް ކޮންމެ ވަގުތަކު ވެސް ހުރީ. އަޅުގަނޑު ދުށީ މިއީ ރައްޔިތުންނަަށް ރާއްޖެއަށް ކޮށްދެވުނު ހިދުމަތެކޭ. އެކަމުން އަޅުގަނޑު ހިތްވަރު ލިބިގެން ހުރީ.
ފާޜިސް މައުމޫން - ދިއްގަރު ދާއިރާގެ މެންބަރު

އިންތިހާބީ ރައީސް، އިބްރާޙިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ އާއި ޝުކުރު ދަންނަވަމުން ފާރިސް ވިދާޅުވީ، ގައުމުގެ ކަންކަން ހަމަމަގަށް އަޅުވައި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދައިދެއްވުމުގައި އިބޫ ކުރައްވާ މަސައްކަތުގައި އެމަނިކުފާނުގެ އަރިހުގައި ދެގޮތެއް ނުވެ ހުންނާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މި ކޯލިޝަން ބަދަހި އެއްޗެއްގެ ގޮތުގައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމު އިންސާފުގެ މަގަށް ރުޖޫއަކޮށް ދިނުމަށް ހުރިހާ ލީޑަރުން ކުރެއްވި މަސައްކަތަށް ޝުކުރު ހައްގެވެ.

ފާރިސް ވިދާޅުވީ، މިއީ ފަސްއެނބުރި ބަލަންވީ ވަގުތެއް ނޫނެވެ. ދެ ކެންޑިޑޭޓުންނަށް ވެސް ވޯޓްލީ ރައްޔިތުންނަށް ޝުކުރު ދަންނަވަމުން އޭނާ ވިދާޅުވީ ދެކޮޅަށް ވޯޓްލީ ރައްޔިތުންނާ މެދުވެސް އެއްވެސް ބުރައެއް ނުބޭއްބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމުގެ ކަންކަން ރަނގަޅު ކުރުމުގައި އެންމެންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށާއި އެއްވެސް މީހަކު ބާކީ ކުރަން ބޭނުން ނުވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ސަޕޯޓަރުންނާ ދިމަޔަށް ވެސް ބަދު ބަސްތައް ނުބުނުމަށް ފާރިސް އެދިވަޑައިގެންނެވި އެވެ.

ފާޜިސް މައުމޫން މިނިވަންވުމަށް ފަހު ސަޕޯޓަރުންނާ އެކު. -- އަވަސް ފޮޓޯ | މުހައްމަދު އަފްރާހު

"ކުރިއަށް މި އޮތީ ފަސް އަހަރު. އެހެން ވީމާ ކެމްޕޭންގެ ވާދަވެރިކަމުގެ ދެކެވުނު ވާހަކަތައް ފަހަތައް ދޫކޮށްލައްވާށޭ. ކުރިއަށް މި އޮތީ އަޅުގަނޑުމެންގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާ ރައްޔިތުން މި ހަވާލުކުރެއްވި ބޮޑު ޒިންމާ އެ ބުރަ މަސައްކަތް އެ ޒިންމާގެ ބޮޑު ކަމާ މެދު ވިސްނާ އެކަންކަމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ޔަގީންކަން އަރުވަން މި ކޯލިޝަން ބަދަހިކަމާ އެކު އެގޮތުގައި އޮންނާނެ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 12 މެންބަރުންގެ މައްސަލަ ވެސް ހައްލުވެ ކުރިއަށް އޮތްތަނުގައި މަޖިލީހުގެ ޖަލްސާތައް ވެސް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްއިން މިފަހުން ބޭއްވި ކޮންގްރެސްގެ ކަންތައްތައް ވެސް ހައްލުވެ ކޯޓްގެ ތެރެެއިން ގޮތްތަކެއް ނިމިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދެކޭމީހާކިޔާމީހާ

ސިޔާސީބޭފުޅުންގެވާހަކަހުންނާނީ ތިގޮތަށެވެ. މައްސަލައެއްނެތެވެ. ޤަބޫލްކުރަމެވެ. ވިސްނޭގޮތުގައި މިވެރިކަންބަދަލުމިވީ ރަޢިއްޔަތުންގެއެދުމުގެމަތިންނެވެ. ރަޢިއްޔަތުން މިއަދުއެދޭކަމުގައިބެލެވެނީ ވެއްޓިފައިއޮތް ވަޅުގަނޑުން ނަގައިދިނުމަށެވެ. އަދި އިންސާފު އަނބުރާގެނެސްދިނުމަށެވެ. އެހެންވީމައި، ވިސްނުންފުޅު ބަހައްޓަވަންވީ އަމިއްލައެދުމަށްވުރެ ރައްޔިތުންގެބޭނުން ފުއްދައިދެއްވޭތޯ ބެއްލެވުމަށެވެ. ޕީޕީއެމް، އަނބުރާ ބައްޕާފުޅަށް ލިބިވަޑައިގެންފާނެއެވެ. އަދި މަނިކުފާނަށް ލީޑަރޝިޕް ލިބިވަޑައިގެންފާނެއެވެ. އެކަމަކު ވިސްނަވަންވީ ބައްޕާފުޅާއި އަނެއް 3 ލީޑަރުން ރުހިވަޑައިގެން ވެރިކަމަށްނެރުއްވި ދެބޭފުޅުންނަށް އެހީތެރިވެދެއްވުމެވެ. ބޯކިބާފެޅުމުގައި ބައިވެރިވެވަޑައިނުގެން ތިވެވަޑައިގެން ޤުރުބާނިއަކީ ރަޢިއްޔަތުންނަށް ވެދެއްވި ޤުރުބާނީއެއްކަން ސާބިތުކޮށްދެއްވުމަށެވެ. އުނދަގޫވެސްވެދާނެއެވެ. އެކަމަކު އެއީ ވަރަށް ބޭނުން މުހިންމު ކަމެކެވެ. ވިސްނަވާށެވެ!

888

ބޯކިބާ ފޮތިފޮތި ކުރަން މިހާރުވެސަ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ދަނީ ފެތުރެމުން. އެހެންވެއްޖެނަމަ ކުރިއަށް އޮތް ފަސްއަހަރަކީ އަމާން ފަސް އަހަރެކޭ ނުބުނެވޭނެ. ބޮޑުސިންގާ އަނދަވަޅަކުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް އަނދަވަޅު ކޮންނަންފެށުމަކީ ޤައުމާއި ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް. ދުޢާއަކީ މިޤައުމުގައި ޢަދުލުއިންސާފާއި ހަމަހަމަ ކަމައި އަމަން އަމާންކަން ޤާއިމްވެގެން ދިއުން.

އަހްމަދުބޭ

ބައްޕާފުޅުވެސް ވިދާޅުވި ތިރީސްއަހަރު ވެރިކަމަކީ ރައްޔިތުންނައްކޮށްދެއްވި ހިދުމަތެކޭ އެކަމު އެހިދުމަތުގެއަސަރު އަދިވެސް ޢާއިލާގެހިއްތަކުން ފިލާނުދާތީ ޖެހޭދަންތުރާތިޔައީ އެތިރީސް އަހަރުގަ މީހަކުޖަލަކަށްވެސްނުލާ އަނިޔާއެއްވެސްނުދޭ

ސައިނީ

ކޮންތާކު ތީހަމަ ބޭކާރު ދުވަސްތަކެއް ވޭތުކުރި މާރަގަޅު ބައްޕަ ރިސޯޓްގައި އޮތަސް 30އަހަރު ފެލި ރިސޯޓްތަކާއި ލާރިތައް އަދިވެސް ކުރީ ހުރިގޮތައް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910