ހަބަރު

ސިފައިންގެ އިސްވެރިންނާ އިބޫ ބައްދަލު ކުރައްވައިފި

Oct 1, 2018
8

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ސިފައިންގެ ޗީފް، މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ ސިފައިންގެ މައިމަރުކަޒުގައި މިއަަދު ހެނދުނު 11:00 ގަ އެވެ. އެ ބައްދަލުވުމުގައި ސިފައިންގެ ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ ލީގަލް އެފެއާޒް، ހިސާން ހުސެެއިން އާއި މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.