ވިޔަފާރި

ދިރާގަށް 30 އަހަރު: 30 މީހަކަށް 30 ގައުމަށް ދިއުމުގެ ފުރުސަތު

Oct 1, 2018
7

ދިރާގުގެ ތިރީސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތިރީސް މީހުންނަށް ތިރީސް ގައުމަށް ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން މިއަދު ފާހަގަ ކުރަމުން ގެންދާ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ހާއްސަ ކަމެއް ކުރާކަށް ނުޖެހެ އެވެ. ދިރާގުގެ ޕްރީޕެއިޑާއި ޕޯސްޓު ޕެއިޑް ކަސްޓަމަރުންނަށް އޮޓަމެޓިކުން ބައިވެެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 15 މީހަކު ހޮވައި އިނާމު ދޭނެ އެވެ. މި 15 މީހުންނަށް އިތުރު މީހަކާއެކު 30 ގައުމެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭނެ އެވެ.

"އެނިވާސަރީ ގިވް އަވޭ، 30 ޕީޕަލް 30 ޑެސްޓިނޭޝަން" ނަމުގައި ފެށި މި ހާއްސަ ޕްރޮމޯޝަންގައި ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުން އަދި ޓްރެވަލް އިންޝުއަރެންސާއި ޗުއްޓީ ހޭދަކުރާ ގައުމެއްގައި ހޭދަ ކުރުމަށް 500 އެމެރިކާ ޑޮލަރުވެސް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ދެވޭ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، ބާލީ، ދުބާއީ، ބެންކޮކް އަދި ދެކުނު ކޮރެއާގެ ސޯލް، ވިއެޓްނާމް، އިޓަލީގެ ރޯމް، ޖާމަނީގެ ފްރެންކްފަޓް، ޖަޕާނުގެ ޖުކަކޯއާ، މެލޭޝިއާ، ސުއިޓްޒަލޭންޑުގެ ޒިއުރިކް، ލާއޯސް، ޗައިނާގެ ޝެންގްޒެން، މިސްރުގެ ކައިރޯ، މެލޭޝިއާގެ ކުއަލްލަމްޕޫރު، ތުރުީގެ އިސްތަމްބޫލް، ތައިލޭންޑުގެ ޕުކެޓް، ހޮލެންޑުގެ އެމްސްޓަޑަމް، ޖަޕާނުގެ ޓޯކިއޯ، ހޮންކޮންގް އަދި ވިއެޓްނާމްގެ އަހޯއީ އާއި ކެމްބޯޑިއާގެ ޕެންޕެން އަދި ޗައިނާގެ ބެއިޖިން އާއި ޖޯޑަމްގެ އަންމާން އަދި އިނގިރޭސިވިލާތުގެ ލަންޑަން އާއި މެލޭޝިއާގެ ކޮންތާ ކިނަބޫލާ ހިމެނެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ 15 ހަފުތާއަށެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުނަގައި މީހަކު ހޮވާނެ އެވެ.

ދިރާގަކީ އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އާއި ދިވެހި ސަރުކާރު ގުޅިގެން 16، 1988ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ އަށް އިންގިލާބީ ބަދަލު ތަކެއް ގެނެސްދީފަ އެވެ.