ވިޔަފާރި

ދިރާގުން ފަހުގެ އައިފޯން ވިއްކަން ފަށާނީ މާދަމާ 2:30 ގައި

Oct 18, 2018
1

ދިރާގުން އެޕަލްގެ އެންމެ ފަހުގެ އައިފޯން ނެރުން މާދަމާ 2:30 ގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޑިވައިސް މެނޭޖަރު މުހައްމަދު އިޝާން ވިދާޅުވީ މާދަމާ ބާއްވާ އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސްގެ ލޯންޗް ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ތަފާތު
ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.

"މި ފަހަރުގެ މި ރަސްމިއްޔާތުގައި ދިރާގުގެ ދޮރުތައް ހުޅުވިގެންދާނެ މެންދުރު 2:30 ގައި. މި އަހަރު އެހެން ފަހަރުތަކާ ހިލާފަށް ޕްރިއޯރިޓީ ކިޔޫއެއް ހެދިަފއިވާނެ. މި [ޕްރިއޯރިޓީ ކިޔޫ] ހާއްސަކޮށްފައިވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އިސް ރައްވެރިން އަދި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ފަދަ ބޭފުޅުންނަށް،" އިޝާން ވިދާޅުވި އެވެ.

ދިރާގު އައިފޯން އެކްސް އަދި އެކްސް އެސް މެކްސް ފޯނު ދިރާލާ އޯޑަރުދޭ މީހުންނާއި އެއް ފަހަރާ ފައިސާ ދައްކާފައި ނަގާ މީހުންނަށްވެސް ދޫކުރެ އެވެ. އެގޮތުން އައިފޯން އެކްސް އެސްގެ އަގު އުޅެނީ 20،999 ރ. އިން ފެށިގެން 28،499 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އައިފޯން އެކްސް އެސް މެކްސްގެ އަގު އުޅެނީ 22،999 ރުފިޔާއިން ފެށިގެން 29،999 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި އިންސްޓޯލްމަންޓަށް ފޯނު ދޫކުރާ ފަރާތްތަކުން އައިފޯން އެކްސް އެސްގެ ފޯނެއް ނަގާނަމަ އަގު އުޅެނީ މަހަކު 1،599 ރުފިޔާއިން ފެށިގެން 2،169 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި އައިފޯން އެކްސް އެސް މެކްސްގެ އަގު އުޅެނީ 1،699 ރުފިޔާ އިން ފެށިގެން 2،369 ރުފިޔާގެ އަގުތަކެއްގަ
އެވެ.