ވިޔަފާރި

ދިރާގު ރޯޑް ރޭހުގެ ބިބް ދޫކުރަން "ބިބް އެކްސްޕޯ" ފަށައިފި

Oct 20, 2018
1

އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައި އޮންނަ "ދިރާގު މޯލްޑިވްސް ރޯޑް ރޭހު" ގައި ބައިވެރިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓް ދޫކުރަން ފަށައިިފި އެވެ.

ދިރާގުން ބުނީ ރޯޑްރޭހުގެ ބައިވެރިންނަށް ބާއްވާ "ބިބް އެކްސްޕޯ" ގައި ބިބް އާއި ޓީޝާޓު ދޫކުރުން ހެނދުނު 10:00 ން 12:00 އަށް އަދި މެންދުރު ފަހު 2:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 އަށް ކުރިއަށްދާނެ ކަމަށެވެ. މި ދުވުމުގައި ބައިވެރިވެ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބިބް އާއި ޓީޝާޓު ދޫކުރާނީ މަދުވެގެން 30ރ. ހަދިޔާ ކުރުމުންނެވެ. އަދި ބައިވެރިން ހަދިޔާކުރާ މި ފައިސާ ދިރާގުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް ހަވާލު ކުރާނެ އެވެ.

ދިރާގު ރޯޑްރޭސް ފުރަތަމަ ބޭއްވި 2006 އެވެ. މިހާރު މި ދުވުމަކީ ބައިނަލްއަވުވާމީ ފެންވަރުގައި މަޝްހޫރު ދުވުމެވެ. އަދި މި ދުވުމުގައި މި އަހަރު 4،000 މީހުން ބައިވެރިވާނެ އެވެ.