ހަބަރު

ވިލިނގިލީ ފުލުހުންގެ ސައިކަލުގައި ރޯކޮށްލައިފި

ގއ. ވިލިނގިލީގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާ ގެއްލުން ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅޫވީ ވިލިނގިލީގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:00 ޖަހާއިރު ކަމަށާއި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ސައިކަލު ޕާކުކޮށްފައި ހުރި ގޭގެ ތެރޭގައި ހުރި ދޮންނަ މެޝިނާއި އޭސީގެ އަައުޓްޑޯ ޔުނިޓު އަދި ގޭގެ ދޮރަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.