ހަބަރު

ވާޗުއަލް ކަރަންސީއަށް ރާއްޖެ ތައްޔާރެއް ނޫން: ގަަވަނަރު

ވާޗުއަލް ކަރަންސީތައް ބޭނުން ކުރުމަށް ރާއްޖޭގެ މާލީ ގަވާއިދުގެ އޮނިގަނޑު އަދި ތައްޔާރެއް ނޫން ކަމަށާއި އެފަދަ ކުރިއެރުންތައް ހޯދަން ގާނޫނީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ބެންކް އޮފް މޯލްޑިވްސްއާއެކު ކުރުންބާ ރިސޯޓުގައި މިއަދު ކުރިޔަށް ދިޔަ އޭޝިއަން ބޭންކާސް އެސޯސިއެޝަންގެ 35 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ މާލީ ދާއިރާއަށް ޓެކްނޮލޮޖީގެ ގޮތުން ހަލުވި ކަމާއެކު އަންނަ ކުރިއެރުންތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި އޮންނަ ރިސްކުތަކަށް އެންމެންގެ ސަމާލުކަން ހުއްޓިފައިވާ ކަމަށެވެ. އެގޮތުން ކްރިޕްޓި ކަރަންސީ ފަދަ އާ އުފެންދުންތަކާއި އާޓިފިޝަލް އިންޓެލިޖަންސްއާއި ފޯނު ބޭނުން ކުރާ މިންވަރު އިތުރުވެގެން ދިޔުމުގެ ސަބަބުން ކުރީގެ ބެންކިން ނިޒާމަށް އިންގިލާބީ ބަދަލެއް އައިސްފައިވާ ކަމަށް ނަސީރު
ވިދާޅުވި އެވެ.

ނަމަވެސް ޓެކްނޮލޮޖީގައި ދުނިޔެ ހޯދަމުން އަންނަ ކުރިއެރުންތަކާއެކު މާލީ ދާއިރާއަށް އަންނަ ބަދަލުތަކާ އެއް ހަމަ ކުރަން ގިނަ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް އޮންނަ ކަމަށް ގަވަނަރު ވިދާޅުވި އެވެ. އެއީ އެކަމަށް އޮންނަ ރިސްކު ބޮޑުވުމާއި ކަސްޓަމަރުންނާއި އިންވެސްޓަރުންގެ މެދުގައި އޮންނަ ކަންބޮޑުުންތަކާ ހެދި ކަަމަށާއި އެކަން ހައްލު ކުރުމަށް އޮނިގަނޑަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށް ގަވަނަރު ވިދާޅުވި އެވެ.

"ޓެކްނޮލޮޖީ ގޮތުން އަންނަ ކުރިއެރުންތަކާ އެއްވަރަށް މާލީ ދާއިރާގެ ގަވައިދުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ، އެކަމުން ވެސް ކިހާ ދުރަށް ދެވިދާނެ ކަމާމެދު ސުވާލު އުފެދޭ، ބައެއް ބަސީލަތްތައް ކުރިއެރާފައިވާ މިންވަރުން އެއީ މިހާރު ހުރި އޮނިގަނޑަށް ފެތޭ ވަރުގެ ކަންކަމެއް ނޫން، ނަމަވެސް ބަދަލު ގެނެސްގެން އެކަން ހައްލު ކުރެވިދާނެ،" ގަވަނަރު ވިދާޅުވި އެވެ.

ކްރިޕްޓޯކަރަންސީ ފަދަ އާ ޓެކްނޮލޮޖީތައް ބެންކިންގެ ސިފައިގައި ރާއްޖެއަށް ގެނައުމަށް ގަވައިދު ބަދަލު ކުރަން ޖެހޭ ކަމަށް ގަވަނަރު ވިދާޅުވި އެވެ. އެއީ އެކަމުގައި ހުރި ރިސްކު ކުޑަ ކުރުމާއި ކަސްޓަމަރުންގެ އިތުބާރާއި ޔަގީންކަން އެކަމުގައި ދެމެހެއްޓުމަށް ކަމަށް ވެސް ގަވަނަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ވަނީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ނުވަތަ މިފަދަ ވާޗުއަލް ކަރަންސީތައް ގަނެ ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާތީ، ނޫޓު ކަމަށް ދޭހަވާ އެއްވެސް އެއްޗެއް ނެރުމަކީ ކުށެއް ކަމަށް ނިންމައިފަ
އެވެ.