ވިޔަފާރި

ޗަމީރޭ: ދިވެހި ރަހަތައް، ނައިފަރު ސްޓައިލަށް

Dec 1, 2018
1

ދިވެހި ކެއުމަކީ ދިވެހިންގެ އެންމެ ތަފާތު އެންމެ ހިތްގައިމު އެއް މަސްދަރެވެ. މަސްވެރިކަން ދިވެހިންގެ ލޭނާރަށް ވާއިރު މަހުގެ ރަހައަކީ ދިވެހި ދޫތަކުގެ ދިރުމެވެ. މީގެ އިތުރުން ދިވެހިންނަކީ ފެށުނީއްސުރެންވެސް ތަފާތު އެކި "ތުކިކާ" ކެއުންތަކަށް ލޯބިކުރާ ބައެކެވެ.

މިފަދަ ރަހަތަކަށް ލޯބި ކުރާ ހުރިހާ ފަރާތްތަކެއްގެ މޫނަށް ހިނިތުންވުން ގެނެސްދިނީ ޅ. ނައިފަރު ރައްޔިތުންނެވެ. ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތަށްފަހު ނައިފަރު ރައްޔިތުން ވަނީ ދިވެހި އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑް "ޗަމީރޭ" ތަޢާރަފްކޮށް އެއުފެއްދުންތައް ދިވެހިންނާހަމައަށް ގެނެސްދީފައެވެ. މިބްރޭންޑްގެ ދަށުން ޅަވިޔަނި އަތޮޅުގެ މަޝްހޫރު އަތުޖެހިން ފެށިގެން މަސްމިރުހާ ހަމައަށް ތާޒާކަމާއެކު ލިބިގެންދާނެއެވެ.

"ޗަމީރޭ"ގެ ނަމުގައި މިފަދަ އުފެއްދުންތައް ކޮލިޓީކޮށް ބަންދުކޮށް ދިވެހިންނަށް ހަމަޔަށް ގެނެސްދެނީ، ޅ. ނައިފަރު ރައްޔިތުން އެވެ. ނައިފަރު ރައްޔިތުންގެ މަސައްކަތުން އުފެއްދި ރަހަމީރު "ޗަމީރޭ" ބްރޭންޑަކީ ކެއުމުގެ ރަހަ ފުރިހަމަކޮށްލައި ހުސްވަގުތުތައް ފަޅުފިލިވާލުމަށް ހަމަ އެއްވަނަ އެވެ. ޗަމީރޭގެ އުފެއްދުން ތަކުގެ ތެރޭގައި ދިވެހިންގެ ރަހަތަކައް ހާއްސަ އަތުޖެހި، ބަޖިޔާ، ހަނޑުލުގުޅަ، މަސްމިރުސް، ކުޅިކާޖާ، ތަރަފަނަ، ތެލުލިފަތް، އަލުވި ސަމްބޯލް އަދި ކިއްލިވެސް ހިމެނެ އެވެ.

ޗަމީރޭގެ އުފެންދުންތަކުގެ ތެރޭގައި މިހާރު ދިވެހިން އެއުފެއްދުމަކާއި ނުލާ ކެއުމެއް ފުރިހަމަ ނުކުރެވޭ މަސްމިރުހުގެ އިތުރުން ރޯސްމަސް ވެސް ހިމެނެއެވެ. މީގެއިތުރުން ކޮންމެ ގަޑިއެއްގައިވެސް ކާލަން އެންމެ ކަމުދާ އަތުޖެހި، ކުދިގުޅަ، ހަނޑުލުގުޅަ، ތަރަފަނަ އަދި ޓިކްލީ ހިމެނެއެވެ. ދެއިރުން އިރަކު ނުދުފާ އުޅެން އުނދަގޫ ދިވެހިންނަށް ކިއްލި ވެފައިވަނީ ވަރަށްވެސް މުހިންމު އުފެއްދުމަކަށެވެ. އެގޮތުން ގިނަދުވަހު ގެންގުޅެވޭ ގޮތަށް ފުޅީގައި ބަންދުކޮށްފައިވާ ޗަމީރޭގެ ރަހަމީރު ކިއްލި ވެގެން ގޮސްފައިވަނީ އާންމުންގެ ތެރޭގައި މަގުބޫލު އަދި އެހާމެ ކޮލިޓީ އުފެއްދުމަކަށެވެ.

މި އާއެކު ސުވާލަކަށް ވެގެންދާނީ އަޞްލު ދިވެހި ރަހަތަށް ޗަމީރޭގެ އުފެއްދުންތަކުން ލިބިގެންދާނީ ކިހިނަކުންކަމާމެދު ކުރެވޭ ސުވާލެވެ. ޖަވާބު ވަރަށްވެސް ސާފެވެ. ކޮންމެ އުފެއްދުމެއްވެސް ތައްޔާރު ކުރުމަށްޓަކައި ކޮލިޓީ ޓެސްޓު ކުރުމަށްފަހު ހޮވާލެވޭ ނައިފަރުގެ ވަކިފަރާތަކަށް ހަވާލުކުރެވެއެވެ. އަދި އެ ޙަވާލު ކުރެވޭ ފަރާތަކުން އެފަރާތެއްގެ ގޭގައި، އާއިލާ އާއިއެކު، ދިވެހި ބަދިގެއެއްގައި އަސްލު ދިވެހި ރަހަތަކާއެކު ތައްޔާރު ކުރެވެއެވެ. މި އުސޫލުގެ ދަށުން ހުރިހާ އުފެއްދުންތަކެއް އޭގެ އެންމެ ތާޒާކަމާ، އަސްލު ދިވެހި ރަހަތަކާއެކު ފޯރުކޮށްދެވިގެން ދެއެވެ. މި އުފެއްދުންތައް ބަންދުކޮށްފައިވަނީ، ކިޔެވުމަށާއި އެހެނިހެން ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ވެސް، ފަސޭހަކަމާއެކު ގެންދެވޭ ފަދަ ލުއި އެހެނަސް ފެންވަރު ރަނގަޅު ޕެކެޓާއި ފުޅީގައެވެ.

މިހާ ތަފާތު، މިހާ މީރު ރަހަތަކެއް ރާއްޖޭގައި އުފެއްދެމުން ދާއިރު އެންމެން ވެސް މި ތަކެތީގެ ރަހަ ބަލައިލާ ދެވަނަ ފަހަރަށް ގަނެލަން ބޭނުންވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ޗަމީރޭގެ އަމާޒަކީ މި އުފެއްދުންތައް ރާއްޖޭގެ އެކި ހިސާބުތަކުން ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މިހާރުވެސް މާލޭގެ އެކި ފިހާރަތަކުން ޗަމީރޭގެ އުފެއްދުންތައް ލިބެންހުންނާނެއެވެ. ޗަމީރޭގެ އުފެއްދުންތަކާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޗަމީރޭގެ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށްލައްވާށެވެ. އަވަހަށް "ޗަމީރޭ ގެ އުފެއްދުމެއް ކޭލާން އުޅޭށެވެ."