ހަބަރު

ފައްޔާޒު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި

ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ފައްޔާޒު އިސްތިއުފާ ދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ވަޑައިގަތަށެވެ. ފައްޔާޒު ވަޑައިގަންވަނީ އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ފައްޔާޒުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްއާ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވެސް ހިމެނެ އެވެ.

ފައްޔާޒަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ފަދަ ބޮޑެތި ކޮމިޓީތަކުގައި މަސައްކަތް ކުރެއްވި މެންބަރެކެވެ.