ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ނަސީމް ހަމަޖައްސައި ފަތްކޮޅު ދެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ. ނަސީމްއަށް ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސް ސޯލިހު އެވެ.
މީގެ ކުރިން، ރައީސް އޮފީހުގެ މިނިސްޓަރަކަށް އަލީ ޝިޔާމް އަދި މިނިސްޓަރު ފެންވަރުގައި ޗީފް އޮފް ސްޓާފްގެ މަގާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރައީސް ސޯލިހު ވަނީ
ހަމަޖައްސަވައިފަ އެވެ.
އެހެން ކަމުން ރައީސް އޮފީސް މިނިސްޓަރުންގެ އަދަދު ތިނަކަށް އެރީ އެވެ.