ހަބަރު

މަޖިލީސް އިންތިހާބުގައި ކާނަލް ނާޒިމް ވާދަ ކުރައްވަނީ!

އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ސިޔާސީ މައިދާނުގައި ކުރިޔަށް ދިޔުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި އެގޮތުން ރައްޔިތުން އެދެނީ ކޮން ގޮތަކަށްތޯ ބަލަން ބޭނުންވާ ކަމަށެވެ. އެގޮތުން ރައްޔިތުން މަޖިލީހަށް ވެސް ކުރިމަތިލުމަށް ވިސްނާ ކަމަށާއި އެ ދާއިރާއަށް ވެސް ވަޑައިގެން ތާއީދު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް

"ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ފުރުސަތު ވަރަށް ބޮޑު، އަޅޫގަނޑު ހިޔާލު ކުރަން ގަސްތުކޮށްފައި އޮތް ދާއިރާޢަށް ވަރަށް އަވަހަށް ދަތުރު ކުރާނަން، އަޅުގަނޑަށް ރައްޔިތުން އެ ފުރުސަތު ދޭން ބޭނުންވާ ދުވަހު އަޅުގަނޑު އެ ދާއިރާއެއް އިއުލާން ކުރައްވާނަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ ސަރުކަރުގެ އެއްވެސް މަގާމަކަށް ވަޑައިގަތުމަށް ބޭނުމެއް ނުވާ ކަމަށެވެ. އެއީ މިދިޔަ ހަތަރު އަހަރެއްހާ ދުވަސް އެ މަސައްކަތް ކުރެއްވި ކަމަށާއި ދެން ބޭނުން ވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. ނަމަވެސް ސަރުކާރުން އެއްވެސް އެހީއެއް ބޭނުން ނަމަ އެ އެހީއެއް ފޯރުކޮށްދިނުމަށް ތައްޔާރަށް ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނި ވެސް ޖުމްހޫރީ ޕާޓީއާ އެކުގައި ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން ކޮންމެ މަސައްކަތްތަކެއް ވެސް ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.