ހަބަރު

ފުލުހުންނަށް ޖެހުނީ އެންމެ ފަހުން ސްމިތް ދޫކޮށްލަން

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްްޓް އަލީ ހާޝިމް، ސްމިތު ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

ސްމިތް އިއްޔެ ހައްޔަރުކުރުމަށްފަހު، ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފަ އެވެ. އޭނާ މިއަދު ދޫކޮށްލާފައިވަނީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ސާފެއްނުވެ އެވެ.

ސްމިތް ދޫކޮށްލާފައިވަނީ މިއަދު އެމްޑީޕީގެ އެކްޓިވިސްޓުން މުޒާހަރާ ކުރަމުންދަނިކޮށެވެ. އޭނާ ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ވަނީ ޓްވީޓްކޮށް ގޮވާލާފަ އެވެ.