ހަބަރު

ޖަލުތަކުގެ ވެރިޔާ ޝިހާން މަގާމުން ވަކިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު ޝިހާން މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ، ސިހާން ޖަލުތަކުގެ އިސްވެރިޔާގެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަގާމަށް އެއްވެސް ބޭފުޅަކު އައްޔަން ކޮށްފައިވާކަން ސާފެއް ނުވެ އެވެ.

ސިހާން އެމަގާމަށް އައްޔަން ކޮށްފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެވެ. އޭނާގެ ކުރިން އެ މަގާމް ފުރުއްވާފައިވަނީ މުހައްމަދު ހުޝާމެވެ.