ދިރާގުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ކުދިން ކުޅޭނެ ތަނެއް ހަދައިދީފި އެވެ.
ދިރާގުން މިއަހަރުގެ ބައިނަލްއަގްވާމީ އޯޓިޒަމް ދުވަހާ ގުޅިގެން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމުކޮށްދޭން ނިންމާފައިވާ އައުޓްޑޯ ޕްލޭގްރައުންޑު ހުޅުވާފައިވަނީ ބުރާސްފަތި ދުވަހު އެވެ.
މި ޕްލޭގްރައުންޑް ހުންނަނީ ހުޅުމާލޭގައި ހުންނަ މޯލްޑްވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައިއެވެ. ދިރާގުން ވަނީ ޕްލޭގްރައުންޑުގައި ބޭނުންކުރާނެ އިކުއިޕްމަންޓް ގެ ފުލް ސެޓްއަޕް ހަދިޔާ ކޮށްފަ އެވެ. މި ޕްލޭގްރައުންޑްގައި ކުދިންގެ ސްކިލްސް ތަރައްގީ ވުމަށް ބޮޑު އެޙީތެރިކަމެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ކުދިން އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެ އެވެ.
މޯލްޑިވެސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ހަމަ އެހެންމެ، ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނަށް މީގެ ކުރީގައިގައިވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ. 2015 ވަނަ އަހަރު މާލޭގައި އެ އެސޯސިއޭޝަނަށް އިންޑޯ ޕްލޭގްރައުންޑެއް ހަދަން އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދިރާގުން ބާއްވާ ދިރާގު މޯލްޑްވްސް ރޯޑް ރޭސް މެދުވެރިކޮށްވެސް އޯޓިޒަމް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ.
ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. ދިރާގު ގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން ކެއަރ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރ ތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.