ހަބަރު

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިސް ޖަލްސާއެއް މާދަމާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވައި، މާދަމާއަށް އެޖެންޑާ ކޮށްފި އެވެ.

މަޖިލީހުގެ އެޖެންޑާގައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ރައީސް ސޯލިހްގެ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި 20 ބޭފުޅުންގެ ނަންފުޅަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެމައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވީ ކެބިނެޓަށް އެ ބޭފުޅުން އައްޔަން ކުރައްވަން ބޭނުންފުޅާ ބޭފުޅުންގެ ނަންތައް ހިއްޕަވައިގެންނެެވެ. އެ ބައްދަލުވުމުގައި ބައެއް ލީޑަރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތައް ދޫކުރައްވައި އެންމެން އެއްބަސްވާ ނަންތަކަށް ތާއިދު ވެސް ކުރައްވާފަ އެވެ.

ކެބިނެޓްއަށް އައްޔަންކޮށްފައިވާ ބޭފުޅުން:

* ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (އެމްޑީޕީ)
* ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ (އެމްޑީޕީ)
* ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (އަދާލަތު ޕާޓީ)
* ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (އެމްޑީޕީ)
* ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (އެމްއާރްއެމް)
* ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
* ހެލެތް މިނިސްޓަރު އަބްދުﷲ އަމީން (ޖުމްހޫރީ ޕާޓީ)
* ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލާހު ޖަމާލު (ޖުމްހޫރީ ޕާޓީ)
* އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ (އެމްޑީޕީ)
* ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ޖުމްހޫރީ ޕާޓީ)
* އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (އެމްޑީޕީ)
* ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު (އެމްއާރްއެމް)
* އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (އަދާލަތު ޕާޓީ)
* ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ (އެމްއާރްއެމް)
* ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (އެމްޑީޕީ)
* ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް (އަދާލަތު ޕާޓީ)
* ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ (ޖުމްހޫރީ ޕާޓީ)
* އެންވަރައިމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު (ޖުމްހޫރީ ޕާޓީ)
* އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން (އެމްއާރްއެމް)
* އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު

ގާނޫނު އަސާސީގައިވާ ގޮތުން ކެބިނެޓް އައްޔަން ކުރާތާ ހަތް ދުވަސް ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެ ކަމަށެވެ. ވަޒީރުންނަށް މަގާމުގައި ތިބެވޭނީ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

ރައީސް ސޯލިހްގެ ކެބިނެޓަށް ރުހުން ދިނުމާއި ގުޅޭ މައްސަލަ މާދަމާ އެޖެންޑާ ކޮށްފައިވާއިރު، ކެބިނެޓަށް ރައްޔިތުންގެ ބޮޑަށް ފާޑު ކިޔުން ވަރަށް އަމާޒުވެފައި ވެއެވެ.

ކެބިނެޓް ބަހާލާފައިވަނީ ޕާޓީތަކުގެ މެދުގަ އެވެ. އެގޮތުން އެމްޑީޕީއަށް ކެބިނެޓްގެ 40 ޕަސެންޓް ދީފައިވާއިރު ޖުމްހޫރީ ޕާޓީއަށް ދިނީ 25 ޕަސެންޓެވެ. ރައީސް މައުމޫނަށް 20 ޕަސެންޓް ދީފައިވާއިރު އަދާލަތު ޕާޓީއަށް ދިނީ 15 ޕަސެންޓެވެ. ރައީސް ސޯލިހުގެ ކެބިނެޓް ފައިނަލް ކުރެއްވީ ހަތަރު ލީޑަރުންނާއެކު ބައްދަލުވުމަށްފަހު އެވެ. އެ ބައްދަލުވުމަށް ލީޑަރުން ވަޑައިގެންނެވީ ކެބިނެޓަށް އެ ބޭފުޅުން އައްޔަން ކުރައްވަން ބޭނުންފުޅާ ބޭފުޅުންގެ ނަންތައް ހިއްޕަވައިގެންނެެވެ. އެ ބައްދަލުވުމުގައި ބައެއް ލީޑަރުން ވަނީ ކެބިނެޓްގެ ބައެއް މަގާމުތައް ދޫކުރައްވައި އެންމެން އެއްބަސްވާ ނަންތަކަށް ތާއިދު ވެސް ކުރައްވާފަ އެވެ.

ރައީސް ސޯލިހު މިރޭ އެކުލަވާލި ކެބިނެޓްގައި ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. ޖުމްލަ 19 މިނިސްޓްރީގެ ތެރެއިން ހަތް މިނިސްޓްރީ ދީފައިވަނީ އަންހެން ބޭފުޅުންނަށެވެ.