ހަބަރު

މުސްތަފާ އެމްޑީޕީއަށް ދިޔައީ އަޅުގަނޑު ކައިރި އަހާފައި: މައުމޫން

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެމްޑީޕީއަށް ސޮއި ކުރެއްވުމުގެ ކުރިން ރައީސް މައުމޫން އަބުދުލްގައްޔޫމް އަށް އެންގެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްތަފާ އެމްޑީޕީއާ ގުޅުމުގެ ކުރިން އެމަނިކުފާނު އަރިހުގައި ވިދާޅުވި ކަމަށެވެ. އެމަނިކުފާނު ވަނީ އެކަމަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

މުސްތޮފާ އެމްޑީޕީއާ ގުޅިވަޑައިގެން އިރު އޭނާ މަޖިލީހަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓެއްގަ އެވެ. ނަމަވެސް، އެމްޑީޕީއާ މައްސަލަ ޖެހި މުސްތޮފާ ފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި އެވެ.

މުސްތޮފާ އަކީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ.