ސްޓާ ޕްލަސްއިން ގެންސްދިން ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭއިން ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދި ހިނާ ހާންއަށް ބޮލީވުޑްއިން ފުރުސަތު ލިބިއްޖެ އެވެ.
އެކްތާ ކަޕޫރުގެ ކަސޯޓީ ޒިންދަގީކީގައި ކޮމަލިކާގެ ރޯލުން މިހާރު ކުޅޭ ހީނާއަށް ބޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބި ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހީނާ ކުޅެން ހަމަޖެހިފައިވަނީ މިނިވަން ޒުވާން އަންހެން ކުއްޖެއްގެ ރޯލެވެ. އިންޑިއާގެ ކަޝްމީރުގައި ފިލްމުގެ ޝޫޓިން ނެގުމަށް ނިންމާފައިވާއިރު މި ފިލްމުގައި ހީނާގެ މާމަގެ ރޯލުން ފެންނާނީ 90'ގެ ތަރި ފަރީދާ ޖަލާލް އެވެ. ފަރީދާ އަކީވެސް ފިލްމުތަކާއި ހިންދީ ޑްރާމާތަކުގައި މަންމަ އަދި މާމަގެ ރޯލުން އެތައް ފަހަރަކު ފެނިފައި ހުރި ހުނަރުވެރި އެކެވެ.
ހުސެއިން ޚާން ޑައިރެކްޓުކޮށް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ލިޔެފައިވަނީ ރާހަތު ކަޒްމީ އާއި ޝަކްތީ ސިންގ އެވެ. މި ފިލްމާ ބެހޭގޮތުން ޓައިމްސް އޮފް އިންޑިއާގެ ނޫހަށް ހީނާ ބުނެފައިވަނީ، ކާރު ބާރު ބޮޑު މަގުތަކުން ސަލާމަތްވެ ކަޝްމީރުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ލިބުމުން އުފާ ކުރާ ކަމަށެވެ. މި ފިލްމުގެ ތައްޔާރީތަކަށް ހީނާ ވަނީ މިހާރުވެސް މަސައްކަތް ފަށާފަ އެވެ.
ހީނާ ޚާން އަކީ މިހާރުުވެސް އިންޑިއާ ޑްރާމާތަކުގެ 'ހަޔަސްޓް ޕެއިޑް އެކްޓްރެސް' ލިސްޓުގެ އެންމެ ކުރީގައި އުޅޭ ތަރި އެކެވެ. އިންޑިއާގެ ޑްރާމާ ސީރީޒްތަކުގެ ލީޑް ރޯލުތަކުން ފެންނަ އެތައް ތަރިންނަކަށް ބޮލީވުޑްގެ ފިލްމުތަކުން ފުރުސަތު ލިބެއެވެ. ޒީޓީވީ އިން ގެނެސްދިން ޑްރާމާ ޕަވިތުރަ ރިޝްތާގައި ލީޑުން ފެނުނު ސުޝާންތު ސިން ރާޖްޕުޓް ވެސް މިހާރު ބޮލީވުޑްގެ އެންމެ އުހުގައި ދަނީ ފިޔަޖަހަމުންނެވެ.