ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި މިއަދު ދެ ކައުންސިލެއް އެކުލަވާލައްވައިފި އެވެ.
އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ރައީސް ޔާމީންގެ ދުވަސްވަރު އޮތް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ނަން ޔޫތް ކައުންސިލަށް ބަދަލު ކުރައްވައިފަ އެވެ. އަދި އެ ކައުންސިލްގެ ކޯޗެއާއަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ރައީސް މިއަދު ވަނީ ހަމަޖައްސަވައިފަ އެވެ. ރައީސް ސޯލިހު ޗެއާ ކުރައްވާ އެ ކައުންސިލްގައި 10 ވަޒީރަކު ތިއްބަވަ އެވެ.
އިކޮނޮމިކް ކައުންސިލްގެ މެންބަރުން:
- ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމް - ކޯޗެއާ
- ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
- ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
- ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީޙް ޖަމާލް
- ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
- ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
- އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
- ފިޝަރީޒް، މިނިސްޓަރު ޒަހާ ވަހީދު
- ހައުސިން މިނިސްޓަރު އާމިނަތު އާތިފާ
- އެންވާރުމަންޓް މިނިސްޓަރު ހުސައިން ރަޝީދު
އެ ކައުންސިލްގެ އިތުރުން ނައިބު ރައީސް، ފައިސަލް ނަސީމް ޗެއާ ކުރައްވާ ގޮތަށް، ސޯޝަލް ކައުންސިލް ރައީސް ވަނީ މިއަދު އުފައްދަވައިފަ އެވެ. އެ ކައުންސިލްގެ ކޯޗެއާއަކަށް ރައީސް ހަމަޖެއްސެވީ، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ މުސްތަފާ ލުތުފީ އެވެ. އެ ކައުންސިލްގައި ތިއްބަވަނީ ނުވަ މިނިސްޓަރުން އެވެ.
ސޯޝަލް ކައުންސިލް:
- ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ.މުސްތަފާ ލުތުފީ - ކޯޗެއާ
- ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހީމް ޙަސަން
- ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
- އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
- އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
- އިސްލާމީކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
- ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
- ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް