ހަބަރު

ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އަލުން ދިނުން އަވަސްކުރަން ނިންމައިފި

Nov 27, 2018

ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ކުރައްވަން ހުރި މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ކައުންސިލްތަކުން ނަގާފައިވާ ބާރުތައް އެ ކައުންސިލްތަކަށް އަނބުރާ ދިނުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކުން އެކަން ކުރެއްވޭނެ ގޮތްތަކެއް ކަނޑައަޅުއްވައި، އެކަންކަން ކުރެވޭނެ މަރުހަލާތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާ ކަމަށެވެ.

ރާއްޖެ ލާމަރުކަޒީ ނިޒާމްގެ ދަށުން ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވަނީ ކައުންސިލްތަކަށް ބާރު ދީގެން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.