ވިޔަފާރި

އެމް7 ބުކްޝޮޕްގެ ސްކޫލް ފޮތް ލިސްޓް ޕްރޮމޯ ފަށައިފި

Nov 28, 2018

އެމް7 އިން ސްކޫލް ކުދިންގެ ފޮތް ލިސްޓް ފަސޭހަކަމާއެކު ގެންގޮސް ދިނުމުގެ ފަސޭހަ ހިދުމަތާއެކު، ބުކްސްޓޯރު ސްކޫލް ފޮތް ލިސްޓް ޕްރޮމޯ ފަށައިފި އެވެ.

އެމް 7 އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން އެތަނުން ފޯރުކޮށްދޭ ސްކޫލް ކުދިންގެ ފޮތް ލިސްޓް ހުންނާނީ މޮޅު ޕެކިންގައި ބަންދުވެސް ކޮށްފަ އެވެ.

"އޮޑިދޯނި ފަހަރުގައި އައިސް ހަވާލު ކުރާ ފޮތް ލިސްޓްތަށް ލިބެމުން ދިޔައީ އޭގެ ދެތިން ދުވަސް ފަހުން ނުނީ ޖެހިގެން އަންނަ ދަތުރުގައި ކަމަށް ވުމުން އެދަތިގޮތް ބަދަލުކޮށް ވަގުތުން ލިބޭނެ ގޮތެއް ހަމަޖައްސާ އަދި ފަސޭހަ ކަމާއި އެކު އުފުލޭނެ ފެންވަރު ރަނގަޅު ޕެކޭޖެއްގައި އެތަކެތި ތައްޔާރު ކުރެވި ހަވާލުކުރުމަށް ފެއްޓުނެވެ. އެގޮތުން އަތޮޅުތަކުންވެސް އެކުވެރި ފިހާރަތަކުންނާއި އަދި އޭޖެންޓް މެދުވެރިކޮށް، މާލެއިންވެސް ލިބެމުންދާ ފަސޭހަކަމާއިއެކު އަދި ހަމަ އެއް ކޮލިޓީއެއްގައި ފޮތްލިސްޓް ތައް ލިބޭނެ ގޮތް ރޭވިގެން ދިޔައެވެ." އެމް 7 އިން ބުންޏެވެ.

އެމް 7 އުން ފޮތްތަށް ދޫކުރާ ޕެކޭޖް އަކީ ވޭތުވެދިޔަ އަހަރު ކިޔަވާ ނިންމާފައިވާ ފޮތްތައް ރީތިކޮށް ރައްކާތެރި ކަމާއިއެކީ ބެހެއްޓޭނެ ކަމުގެ ފޮއްޓެއްކަމާއި އަދި މޮނިޓަ ފޮތާއި ކަރުދާސް އަދި ކުލަ ފަންސޫރާއި އެހެނިހެން ސްޓޭޝަނަރީގެ ކޮލެޓީ ކަން ފާހަގަކޮށްލަމެވެ. އެ 7 ބުކްލިސްޓް ޕްރޮމޯގައި ހިދުމަތްތަށް ދިނުމުގައި އިސްކޮށް ހަރަކާތް ތެރި ވާނީ ދިވެހިން ކަމަށްވުމާއި އެކު އަދި އެމް 7 ގެ އާއިލާގެ އެއްބަނޑު އެއްބަފާ ކުދިންކަމަށް ވުމާއިއެކު ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި އަވަސް ހިދުމަތްތައް ޔަގީންކަމާ އިތުބާރާ ހިނި ތުން ވުމާއިއެކު ފޯރުކޮށްދެވޭނެކަން ފާހަގަކޮށްލެވެ އެވެ.

މިހާރުން ފެށިގެން 15 ޖެނުއަރީ އާހަމައަށް އެމްސެވަން ބުކްސްޓޯރ-ވަން އަދި އަލް-ފަލާހް، އަދި ހެންވޭރު އިސްލާމިކް ޔުނިވާސިޓީ ގެ، އެމްސެވަން ބުކްސްޓޯރު –އައިޔޫއެމް އިން ލިބި ވަދައިގަންނަވާނެ އެވެ. އަދި މާލެނައިސް އަތޮޅުތަކުންވެސް މި ހިދްމަތް ލިބޭނެކަން ފާހަގަ ކޮށްލަމެވެ. ގުޅުއްވާނީ: 3324683، 9993610 ވައިބަ / ވަޓްސްއަޕް 9993610 ނަމްބަރުންނެވެ.